ށ. ނަރުދޫ އަށް ޖަނަރޭޓަރެއް ގެންގޮސް އެ ރަށަށް ކަރަންޓް ދީފި އެވެ.
މިއަދު މެންދުރު 12 ޖަހާކަށް ހާއިރު ނަރުދޫގެ އިންޖީނުގޭގައި ރޯވެ، މުޅި ރަށުން ވަނީ ކަރަންޓު ކެނޑުނެވެ.
އިންޖީނުގޭގައި ރޯވީ ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި 80 ކިލޯގެ ޖަނަރޭޓަރުގައި ބާރުގަދަ އަޑެއް ގޮވުމަށް ފަހުގަ އެވެ. އިންޖީނުގޭގައި ބޭނުންކުރަމުުން އައި 50 ކިލޯވޮޓްގެ ދެ ވަނަ ޖަނަރޭޓަރު ވެސް މި ހާދިސާގައި އެއްކޮށް ވަނީ ހަލާކުވެފަ އެވެ.
ފެނަކައިން ބުނީ ށ. ފޭދޫ އިން 128 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް މިއަދު ހަވީރު 5:40 ގައި އެ ރަށަށް ކަރަންޓް ދީފައިވާ ކަމަށެވެ. މިއީ ވަގުތީ ޖަނެރޭޓަރެކެވެ.
އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ކުންފުނީގެ ފަރާތުން ވެސް އެކަން ބަލަމުން އަންނަ ކަމަށް ފެނަކަ އިން ބުންޏެެވެ.
ޖަނަރޭޓަރެއް ގެންގޮސް ނަރުދޫ އަށް ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ