އޭދަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރަށް މައްސަލައެއް ދިމާވެ، ކަރަންޓު ކެނޑިއްޖެ

ބ. އޭދަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރަށް މައްސަލައެއް ދިމާވެ، ކަރަންޓު ކެނޑިއްޖެއެވެ.
މިކަމާއިގުޅިގެން މިއަދު މެންދުރު 1:00 އިން ފެށިގެން ކަރަންޓް ކެނޑުނު ގޮތަށް، ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ނުލިބޭކަމަށްވެސް އޭދަފުށިން މަޢުލޫމާތު ލިބެއެވެ.
މިކަމާގުޅިގެން އޭދަފުށި ފެނަކަ ބްރާންޗުން ބުނީ ވަރަށް އަވަހަށް ކަރަންޓް ލިބޭނެ ކަމަށެވެ. ނަމަވެސް ދިމާވީ ކޮން މައްސަލައެއްކަމެއް ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ