ގޮނޑި ގެއްލިފައިވާ 12 ދާއިރާގެ ބައި އިލެކްޝަނަށް 14 މިލިއަން ރުފިޔާ ހޯދަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް 14 މިލިއަން ރުފިޔާ ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ގޮނޑި ގެއްލުނު 12 މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
މި މެމްބަރުންގެ ގޮނޑި ގެއްލުނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ބިލެއް ފާސްކުރުމުންނެވެ. މި ހުރިހާ މެމްބަރުންނަކީ ވެސް މީގެކުރިން ވެރިކަން ކުރާ ޕީޕީއެމްގައި ތިއްބެވި މެމްބަރުންނެވެ.
އެ ބިލް ބާތިލުކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ވަނީ އެ ގާނޫނު ބާތިލު ކުރެވެން ނެތް ކަމަށް ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ