އަދިވެސް ހުންނެވީ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވާން ތައްޔާރަށް ކަމަށާއި އަދި މިއިންތިހާބުގައި ރައީސް މައުމޫނުގެ ތާއީދު ލިބޭނެ އޭ ބުނަން އަދި މާ އަވަސް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހާރު ވެސް އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ދާއިރުގައި ކެމްޕެއިން ކުރައްވަނީ އެއްވެސް ޕާޓީއަކާ ނުލާ އަމިއްލައަށް ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވެފައިވަނީ އިދިކޮޅު ހުރިހާ ލީޑަރުން އެކުގައި ގުޅިގެން މަސައްކަތް ކުރެއްވިޔަސް އެމްޑީޕީ އެފަރާތްތަކާއި އެކު އޮތްހާ ހިނދެއްގައި އެފަރާތްތަކާއި ނުގުޅޭނެ ކަމަށެވެ. އަދި ސިޔާސީ މަޝްރަހު އޮތް ގޮތުން ރައީސް މައުމޫނުގެ ތާއީދު ލިބޭނީ އެމަނިކުފާނު ލީޑްކުރައްވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކަށްވުން ކައިރިކަމަށްވެސް އުމަރު ގަބޫލުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. ސިޔާސީ ގޮތުން ބޮޑެތި ބޭފުޅުން އުމަރާއި ގުޅޭނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އަދި އެމްޑީޕީއާއި އެކު ރައީސް މައުމޫނު މަސައްކަތް ކުރައްވައިފި ނަމަ އެޕާޓީއަށް އޮކްސިޖަން ލިބި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެ މިވަޅުގަނޑުން އަރައި އަނެއް ވަޅުގަނޑަށް ވެއްޓޭތަން އަތުވެދާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
މިހާރު އިދިކޮޅުގައި ތިބި ގިނަ ލީޑަރުންނަށް އިންތިހާބުގައި ވާދަކުރެވޭނެ މަގު ބަންދުވެފައި ވާއިރު އެފަރާތްރަކުން ހަދާފައިވާ އިއްތިހާދުން ނެރޭނެ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައެއްނުވއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ ތާއީދު ލިބޭނެ އޭ ބުނަން އަދި މާ އަވަސް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ