ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވައި މިއަދު ހިނގި ހާދިސާ ތަހުގީގުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދާތީ އުފާކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ އިސްކަމެއް ދޭންޖެހޭނީ ރައީސްގެ ސަލާމަތަށް ކަމަށާއި މިއަދުގެ ހާދިސާ ތަހުގީގުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމަށް ނިންމާފައިވާތީ އުފާކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތް ލޯންޗް ކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހްގީގުކުރުމަށް ތިން ގައުމެއްގެ ފޮރެންސިކް ޓީމުތައް މިރޭ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެފައިވަނީ މިއަދު ހިނގައިދިޔަ ހިތާމަވެރި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދުމާއިއެކު، ސައުދީ އަރަބިއްޔާ އާއި އިންޑިއާ އަދި އެމެރިކާގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
އެގޮތުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހާއްސަ ބެއްލެވުމުގެ ދަށުން ހާއްސަ ފޮރެންސިކް ވަފްދަކާއި އިންޑިއާގެ ފޮރެންސިކް ޓީމަކާއި އެމެރިކާގެ އެފްބީއައި ޓީމެއް މިރޭ މާލެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ހުސެއިން ޝަރީފް ވިދާޅުވީ މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ބޭރު ގައުމުތަކުގެ އިސްވެރިންނަށް އެނގިވަޑައިގެންނެވުމާއިއެކު ގިނަ އަދަދެއްގެ ރައީސުން ރައީސް ޔާމީންއަށް ގުޅުއްވައި ހާލުކޮޅު ބައްލަވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ސްރީލަންކާގެ ރައީސް މައިތްރަޕާލާ ސިރިސެނާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޔާމީންއަށް ގުޅުއްވައި، އެހީތެރިވެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
“މިރޭގެ ވަގުތެއްގައި ރާއްޖޭގެ ވަފްދެއް ސްރީލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި. އެއީ މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރުމަށްޓަކައި.” މިނިސްޓަރު ވިދާޅުވިއެވެ.
މި ޙާދިސާ ހިނގުމަށް މެދުވރިވި ސަބަބާ ބެހޭގޮތުން ރަސްމީ ފަރާތަކުން މިހަތަނަށް އެއްވެސް މަޢުލޫމާތެއް މީޑިއާ އާއި ހިއްސާ ކޮށްފައި ނުވާއިރު، މިއަދުގެ ޙާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފާތިމަތު ޞާލިޙްގެ އިތުރުން ރައީސްގެ ހަށިފާރަ ވެރިއާއަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިވަޑައިގެންފައެވެ. މިބޭފުޅުންގެ އިތުރުން ލޯންޗުން ދަތުރުކުރި އެހެން ބައެއް ބޭފުޅުންނަށްވެސް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެވެމުންނެވެ.
މި ޙާދިސާ ހިނގުމަށް މެދުވެރިވި ސަބަބާ ބެހޭގޮތުން ރަސްމީ ފަރާތަކުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް މީޑިއާ އާއި ހިއްސާ ކޮށްފައި ނުވާއިރު، މިއަދުގެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފާތިމަތު ސޯލިހްގެ އިތުރުން ރައީސްގެ ހަށިފާރަ ވެރިއާއަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިވަޑައިގެންފައެވެ. މިބޭފުޅުންގެ އިތުރުން ލޯންޗުން ދަތުރުކުރި އެހެން ބައެއް ބޭފުޅުންނަށްވެސް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެވެމުންނެވެ.
މިހާދިސާގެ ތަހުގީގެއް ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ތަހުގީގުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދާތީ އުފާކުރަން – ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ