އަރތު އަވަރ އިން 2.9 މެގަވޯޓުގެ ކަރަންޓު ސަލާމަތް ކުރެވުނު: މިނިސްޓްރީ

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ދުނިޔެ ހޫނުވުމާ މެދު އާއްމުން ހޭލުންތެރިކުރުމަށް ރޭ ފާހަަގަ ކުރި އާތުއަވާގައި 2.87 މެގަވޯޓުގެ ކަރަންޓު ސަލާމަތް ކުރެވިފައިވާ ކަމަށް އެންވަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރު އަހްމަދު ރައޫފް ވިދާޅުވީ ރޭ 8.30 އިން 9.30އަށް ބޭނުން ކުރި ކަރަންޓުގެ މިންވަރު މަދުކޮށްގެން 2.87 ވޯޓު ސަލާމަތް ކުރެވުނު އިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 1.6 މެގަ ވޯޓުގައި ކަމަށެވެ.
އެކަމަކު އެއް ގަޑިއިރުގެ ވަގުތަށް ކަރަންޓު ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ހިންގި އެ ހަރަކާތުގައި ބޮކިތައް ނިއްވާފައިވަނީ މިދިޔަ އަހަރަށް ވުރެ މަދުންނެވެ.
ރައޫފް ވިދާޅުވީ ބޮކިތައް ނިއްވުމަށް ވުރެ ބޮޑަށް މީހުން މި ފަހަރު އިސްކަން ދިނީ ގިނައިން ކަރަންޓު އަރާ އެއްޗެހި ބޭނުން ކުރާ މިންވަރު މަދުކުރުމަށް ކަމަށެވެ
.
"މިސާލަކަށް ގިނަ ބޮކިތަކެއް ނިއްވާލުމަށް ވުރެ ގެއެއްގެ އެއާ ކޮންޑިޝަނާއެއް ނިއްވާލުމުން ބޭނުން ކުރާ ކަރަންޓުގެ ނިސްބަތް ކުޑަވާނެ. އެހެންވެ، އެގޮތުގެ މަތިން ކަރަންޓު ސޭވް ކުރެވުނު ނިސްބަތް މަތިވެފައިވަނީ،" އޭނާ ވިދާޅުވި އެވެ.
އާތުއަވާއާ ގުޅޭގޮތުން މީހުންގެ ހޭލުންތެރިކަން މިދިޔަ އަހަރަށް ވުރެ މި އަހަރު ބޮޑު ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ