މެމްބަރު ޔައުޤޫބަށް ރިޝްވަތުގެ ބޮޑު ތުހުމަތެއް!

ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުޤޫބު ރިޝްވަތު ނެންގެވި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ތުހުމަތުކުރައްވައިފިއެވެ. މާލެ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި، މާލޭ ރައްޔިތުންނަށް ޖެހިފައިވަނީ ފަލަސްތީނު ރައްޔިތުންނަށްވެސް ޖެހިފައިވާ ހާލުކަމަށް އަނދުން ހުސެއިން ވިދާޅުވުމާއި ގުޅިގެން މެމްބަރު ޔައުޤޫބުވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ހުސެއިން ގެ އެ ވާހަކަފުޅަށް ރައްދުދެއްވައި ޔައުޤޫބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައަކުން މި ރާއްޖޭގެ 'ރާއްޖެތެރޭ މީހުން' މިނެކިރީތީވެ އެކަމާ ކަންބޮޑުވެ ދެރަވާ" ކަމަށެވެ.މިޓުވީޓަށް ރައްުދު ދެއްވަމުން އަނދުން ހުސެއިން ވަނީ ޔައުޤޫބަށް ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރައްވާފައެވެ. މިގޮތުން ކުރެއްވި ޓުވީޓެއްގައި ހުސެއިން ވިދާޅުވި ގޮތުގައި އާ ސީޕްލޭންޓާމިނަލް ވަކިބަޔަކަށް ދިނުމާ ޔައުޤޫބު ދެކޮޅު ހެއްދެވިވަރު ފެންނަން އޮންނާނެކަމަށެވެ. ނަމަވެސް ދެން ޔައުޤޫބު އެކަމާއި ދެކޮޅު ނަހައްދަވާނެ ކަމަށާއި "މިހާރު ހުންނެވީ ދަށުވެފައި" ކަމަށް ހުސެއިން ވިދާޅުވިއެވެ. ,ދެން ތިއްބަވާ ބައްލަވަން. އެހެރީ ކޮޅު ގޮހޮރަށް ކައިގެން. ކޮންމެ ކަމެއް ވެސް އޯކޭ ވާނެ މިކަމުގައި. އެހެރީ ދަށުވެފައި. މީ ފެންވަރަކީބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޔައުޤޫބު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި އެ ބޭފުޅާ ރިޝްވަތު ނަންގަވާފައި ނުވާނެކަމަށާއި އަދިވެސް ޓީއެމްއޭއަށް ސީޕްލޭން ޓާމިން ދިނުމާއި ދެކޮޅު ހައްދަވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ފާއިތުވި ހަފްތާގައި މާރކެޓު އަގަށްވުރެ ދަށް އަގަކަށް އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ނިންމިއިރު ޔައުޤޫބުގެ ފަރާތުން މާބޮޑު ކަންބޮޑުވުމެއް ފެނިފައިނުވާކަން ފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
8 %
އުފާވި
8 %
ދެރަވި
76 %
ރުޅިއައި
8 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ