އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެވިދާނެ: ސުޕްރީމް ކޯޓް
ބައިނަލްއަގްވާމީ ފަރާތްތަކާއި ބިދޭސީންގެ މައްޗަށް ނެރޭ ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުު އޮންނަ ގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގެ ސަރަހައްދީ އިހްތިސާސް ނުހިނގާ ފަދަ ސަރަހައްދެއްގައި ހުރި މީހަކު ނުވަތަ ބައިނަލްއަގްވާމީ ފަރާތެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް އަމުރު ނެރެވިދާނެ އެވެ. އެކަމަކު އެފަދަ އަމުރު ނެރެން ޖެހެނީ ކޮން ބަހަކުން ކަމެއް އެ ގަވާއިދަކު ނޯވެ އެވެ.ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައިވަނީ ބައިނަލްއަގްވާމީ ފަރާތަކުން އެދިގެން ނެރޭ އަމުރުތަކާއި ބިދޭސީންގެ މައްޗަށް ނެރޭ އަމުރުތައް އެ މީހުންނަށް ދޭހަވާ ފަދަ ބަހަކުން އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ، ކޯޓު އަމުރުތައް ހުންނަންޖެހޭ ފޯމެޓާ އެއްގޮތަށް އިނގިރޭސި ބަހުން އަމުރުތައް ނެރެވިދާނެ ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ.އެފަދަ އަމުރުތައް އިނގިރޭސި ބަހުން ނެރޭއިރު ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި އެކަމާއި ގުޅޭ ޖަދުވަލްތަކުގައިވާ ނަމޫނާގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނެންވާނެކަމަށް ސުޕްރީމްކޯޓުން ވަނީ ބުނެފައެވެ. މާނައަކީ އިނގިރޭސި ބަހުން ނެރޭ ކޯޓު އަމުރެއްވެސް އޮންނަންވާނީ ރާއްޖޭގައި ދިވެހި ބަހުން ނެރޭ ކޯޓު އަމުރުތަކާއި އެއް ފޯމެޓެއްގައެވެ.ގާނޫނީ ގޮތުން ޕްރެކްޓިސް ޑައިރެކްޝަންސް އަކީ ކުދި ކުދި އިޖުރާއީ މައްސަލަތަކާއި ގުޅޭ ގޮތުން މަތީ ކޯޓުތަކުން އިރުޝާދުދީ ރެގިއުލެޓްކުރުމަށް ނެރޭ ވަސީލަތެކެވެ.ރާއްޖޭގައި އާންމު ގޮތެއްގައި ކޯޓު އަމުރު ނެރެނީ ދިވެހި ބަހުންނެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ދުވަހު ނެރުނު އަމުރުގެ ތަރުޖަމާއެއް އިނގިރޭސި ބަހުން ނެރުނެވެ.ނަމަވެސް އަމުރު ނެރެންޖެހޭނީ ކޮން ބަހަކުން ކަމެއް ބަޔާކޮށްފަ އެއް ނުވެ އެވެ. މިހާތަނަށް ރާއްޖޭގައި ކޯޓުތަކުން ނެރޭ ކޮންމެ އަމްރެއްވެސް އޮންނަނީ ދިވެހި ބަހުން ނެވެ. ދޭސީ ބިދޭސީ އަކަސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ