މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓްއެލަރޓް ނެރެފި
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓްއޮފީހުން ބުނެފައިވަނީ، މިއަދުގެ ހެނދުނު 11:00 ން މިއަދު ހަވީރު 5:00 އާއި ދެމެދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށާއި، އަދި ކަނޑުތަށް ގަދަވާނެކަމަށެވެ.ހުޅަނގު މޫސުމުގެ މި ދުވަސްވަރަކީ ދޭތެރެ ދޭތެރެއިން މޫސުން ގޯސްވެ ކަނޑު ގަދަވާ ދުވަސްވަރެއް ކަމަށްވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ