އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންވެސް އެމްޑީޕީ ދޫކޮށް ޕީއެންސީއަށް

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) އެމްޑީޕީ ދޫކޮށް، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އާއި ގުޅިވަޑައިގެންފިއެވެ.
ހަސަން މިއަދު ހެނދުނު އެކްސްގައި ވިދާޅުވީ މިއަދުން ފެށިގެން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއިއެކު ކުރިޔަށް ވަޑައިގެންނެވުމަށް ނިންމަވާ ކަމަށެވެ.
﷽ ވެދުން ސަލާމަށްފަހު ދަންނަވަމެވެ.މިއަދުން ފެށިގެން އަޅުގަޑު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއިއެކުު ކުރިއަށްދިއުމަށް ނިއްމައިފީމެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީ.އެން.ސީ އާއިއެކު ހުންނާނެވާހަކަ ދަންނަވަމެވެ. pic.twitter.com/EEtzYIKQsq
— Hassantay (@HassantayMDP) January 7, 2024
އަދި ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީ.އެން.ސީ އާއިއެކު އޭނާ ހުންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަންގެ މެންބަރޝޮޕް ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ރައީސް ޑރ. މުއިއްޒުއެވެ.
ހަސަނަށް 19 ވަނަ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުނީ 3 ފަހަރެއް މަތިން ވާދަކުރައްވައިގެން އެމްޑީޕީގެ އޭރުގެ ލީޑަރޝިޕް އަދި ވަކިން ހާއްސަކޮށް ރައީސް ނަޝީދުގެ ބުރަ މަސައްކަތްފުޅާއި އެކުގައެވެ.
ހަސަންގެ ސިޔާސީ ހަޔާތް ފެށިގެން ދިޔައީ މަގުމަތީ ހަރަކާތްތަކަށް ފަރިތަ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ.  އޭނާ އަކީ ކުރީގެ ރައީސް ނަޝީދު އާ ގާތް ގުޅުމެއް ދަމަހައްޓަމުން އައި ބޭފުޅަކަށް ވީނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ނަޝީދުގެ ގުޅުން ހީނަރުވި ހިސާބުން ފެށިގެން ހަސަން ނިންމެވީ ރައީސް ސޯލިހު އާއި އެކު ދެމިހުންނެވުމަށެވެ.
ނަމަވެސް މިއަދު އެމްޑީޕީ ދޫކުރައްވާ ހަސަން ވަޑައިގެންނެވި އިރު އޭނާގެ އިތުރުން ޑިސެމްބަރު 2023 ގައި އެމްޑީޕީ ދޫކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ވަނީ ވެރިކަން ކުރާ ޕީއެންސީއަށް ގުޅިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ