މެމްބަރު ޔާމީނާއި ދިއްދޫ ލަތީފު ހިޔާލު ބަދަލުވީތަ؟

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު ރައީސް ޔާމީނަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕީޖީ ލީޑަރު ޓުވީޓް ކުރައްވައިފި އެވެ. ޕީޕީއެމްގައި ހިޔާލު ތަފާތުވުން އުފެދި އެޕާޓީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ބައެއް މެމްބަރުން ތާއީދު ކުރައްވާ އިރު އަނެއްބައި މެމްބަރުން ތާއީދު ކުރައްވަމުން ގެންދަވަނީ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށެވެ. ޕީޕީއެމްގެ މެދުގައި މައްސަލަތަކެއް އުފެދިފައިވާކަން ރައީސް މައުމޫނު، މީގެ ދެ ހަފުތާ ކުރިން އިއުލާނު ކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ޔާމީން އިންނެވި އެވެ. އޭގެ ފަހުން ރައީސް މައުމޫނު ފެކްޝަނުގެ އެއްވެސް ބައްދަލުވުމަކުން ޔާމީން ފެނިފައެއް ނުވެ އެވެ. އެބައްދަލުވުމުށް ފަހު ރައީސް ޔާމީން ފެކްޝަނުން ދަރުބާރު ގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މެމްބަރު ޔާމިން ބައިވެރިވެ ވަޑައިގަތެވެ. އެނގިފައިވާ ގޮތުން ޔާމިން ވަނީ ރައީސް މައުމޫނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފަ އެވެ. PPM PG group ge varah madhu membaraku noonee thibeynee Sarukaaraa eku! https://t.co/0KtcBSUcIn — Ahmed Nihan (@ahmed_nihan) October 27, 2016 ރައީސް މައުމޫނު ފެކްޝަނުގައި ދެން ތިއްބެވި މަޖިލިސް މެމްބަރުންގެ ތެރޭގައި މެމްބަރު ލަތީފު ހިމެނިވަޑައިގަންނަވަ އެެވެ. ނަމަވެސް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މެމްބަރު ލަތީފު ރައީސް ޔާމީނާ އެކު ހުންނެވި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން މެމްބަރު ލަތީފްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. މެމްބަރު ލަތީފް ވަނީ ރައީސް މައުމޫނު ފެކްޝަނުގެ މަޖިލިސް މެމްބަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ޕީޕީއެމް ޕީޖީ ގުރޫޕުގެ ވަރަށް މަދު މެމްބަރަކު ނޫނީ ތިބޭނީ ރައީސް ޔާމީނާ އެކު" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ