ވ.އަތޮޅުގައި ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެމްއެންޑީއެފުން ވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ރާވާފައިވާ ގޮތް އެމަނިކުފާނާ ހިއްސާކުރައްވައި، މިހާތަނަށް އެ ޑައިވަރުން ހޯދުމަށް ކުރެވުނު މަސައްކަތްތައް އެމްއެންޑީއެފްއިން ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން އެކި ޓީމުތަކަށް ބަހާލައިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ރެސްކިއު ޓީމުންވަނީ އެއް ޑައިވްކޮށްފަ އެވެ.
ރައީސް ވަނީ ކަމާބެހޭ ފަރާތްތަކާއި ފީނުމުގެ ދާއިރާގެ އެކިއެކި މަސްއޫލުވެރިންނާ ގުޅިގެން ކުރިއަށް ގެންދާ އެ ބޮޑު އޮޕަރޭޝަންގައި ބޭނުންވާނެ އެންމެހާ ކަންކަން ސަރުކާރުގެ ފަރާތުން ހަމަޖައްސައި ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސްގެ އަރިހުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.
The most trusted news source in the Maldives
ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވީނަށް ގޮސް އުޅުނު މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ އިޓަލީގެ ފަސް ޓޫރިސްޓުންނެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިފައިވީ ނަމަވެސް ބާކީ ތިބި ހަތަރު މީހުން އަދި ނުފެނެ އެވެ.
އިޓަލީގެ ޑައިވަރުން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ