އިޓަލީގެ ޑައިވަރުން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި

ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވައިފި އެވެ.ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެމްއެންޑީއެފުން ވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ރާވާފައިވާ ގޮތް އެމަނިކުފާނާ ހިއްސާކުރައްވައި، މިހާތަނަށް އެ ޑައިވަރުން ހޯދުމަށް ކުރެވުނު މަސައްކަތްތައް އެމްއެންޑީއެފްއިން ވަނީ ހިއްސާކޮށްފަ އެވެ.އެގޮތުން އެކި ޓީމުތަކަށް ބަހާލައިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ރެސްކިއު ޓީމުންވަނީ އެއް ޑައިވްކޮށްފަ އެވެ.ރައީސް ވަނީ ކަމާބެހޭ ފަރާތްތަކާއި ފީނުމުގެ ދާއިރާގެ އެކިއެކި މަސްއޫލުވެރިންނާ ގުޅިގެން ކުރިއަށް ގެންދާ އެ ބޮޑު އޮޕަރޭޝަންގައި ބޭނުންވާނެ އެންމެހާ ކަންކަން ސަރުކާރުގެ ފަރާތުން ހަމަޖައްސައި ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފަ އެވެ.ވ. އަތޮޅުގައި ޑައިވިންއަށް ގޮސްގެން އުޅެނިކޮށް، ފަސް ޑައިވަރަކު ގެއްލިގެން އިއްޔެ މެންދުރުފަހު 1:45ގައި ވަމނީ ރިޕޯޓުކޮށްފަ އެވެ.އޭގެ ތެރެއިން މިހާތަނަށް ފެނުނީ އެންމެ މީހެއްގެ ހަށިގަނޑެވެ. ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ ކަނޑު އަޑީގެ ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު މީހުން އަދިވެސް ހޯދަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ