ކުރީގެ ތިން ރައީސުންގެ ބައްދަލުވުން ފެށިއްޖެ

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހު ބާއްވާ ތާރީހީ ބައްދަލުވުން ފެށިއްޖެ އެވެ. 
މިއީ މި ތިން ރައީސުން އެއް މޭޒަކަށް ވަޑައިގެން މަޝްވަރާ ކުރައްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމަށް ފަހު ތިން ރައީސުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. 
. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ނޫސްވެރިންގެ ދިފާއުގަ އާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމެވެ.
ހާއްސަކޮށް ރައީސް  މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިން ޖަލަށްލައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނާ މައްސަލައިގައި މި ތިން ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނަސީރު މި ސަރުކާރުން ހައްޔަރުކޮށް ޖަލަށްލާފައިވާ ދަނޑިވަޅެއްގަ އެވެ.
ޝަހުޒާން ހައްޔަރުކުރީ ރައީސް އޮފީހުގެ އަންހެން މުވައްޒަފަކާ ގުޅުވައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އަދި ލީވާން ޖަލަށްލީ ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅޭ ހަބަރު ފެތުރުމުންނެވެ.
 އެ ނޫސްވެރިން ދޫކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުން ވެސް މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ