ހޮލީވުޑްގެ ވަރުގަދަ ފިލްމުތަކެއް މި މަހު ސިނަމާއަށް

މި ހިނގާ ޖުލައި މަހަކީ ދުނިޔޭގެ ބޮކްސް އޮފީހަށް ވެސް ފޯރިގަދަ، ބޮޑެތި ފިލްމުތަކެއް ރިލީޒްކުރާނެ ތާރީޚީ މަހެކެވެ. ހޮލީވުޑްގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންނާއި މަޝްހޫރު ތަރިންގެ ފިލްމުތައް މި މަހު ސިނަމާތަކަށް އަންނާނެ އެވެ.
މި މަހު ރިލީޒްކުރާ އެންމެ ބޮޑެތި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ:
"ޑެސްޕިކަބަލް މީ" ޔުނިވާސްގެ ހަތްވަނަ ފިލްމު "މިނިއަންސް އެންޑް މޮންސްޓާސް" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. 
ޑިޒްނީގެ މަގުބޫލު އެނިމޭޝަން ފިލްމު "މޯއާނާ"ގެ ލައިވް-އެކްޝަން ރީމޭކް މި މަހު ސިނަމާތަކަށް އަންނާނެ އެވެ.
މިއީ މި އަހަރު ރިލީޒްކުރާ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރި ފިލްމެވެ. މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ މި ފިލްމު އުފެއްދީ 250 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުންނެވެ.
މިއީ މާވެލް އާއި ސޮނީ ގުޅިގެން ގެނެސްދޭ "ސްޕައިޑާމޭން"ގެ ހަތަރުވަނަ ސޯލޯ ފިލްމެވެ.
ބިރުވެރި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މި މަހު 10 ގައި "އީވިލް އެޑް ބާން" ބަލައިލަން ވެސް ލިބޭނެ އެވެ. މި ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ