ޚާމަނާއީގެ މަރުގެ ބަދަލު ހިތިގޮތަކަށް ހިފާނެކަމަށް އީރާނުން ބުނެފި

އީރާނުގެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެކަމުގެ ބަދަލު ވަރަށް ހިތިގޮތަކަށް ހިފާނެކަމުގެ ވަރުގަދަ އިންޒާރެއް އެ ގައުމުން މުޅި ދުނިޔެއަށް ދީފިއެވެ.
އިމާމް ޚުމައިނީ މުޞައްލާ ގްރޭންޑް މިސްކިތުގައި ކުރިއަށްދާ މި ބޮޑު އެއްވުމުގައި އީރާނުގެ އިސް ފަރާތްތަކުން ދަނީ، އެ ގައުމުގެ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމާއި ދުޝްމަނުންގެ ކިބައިން ބަދަލުހިފާނެ ކަމުގެ މެސެޖުތައް އާންމުކުރަމުންނެވެ.
މި ރަސްމިއްޔާތުތަކުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އާދީއްތަ އަދި ހޯމަ ދުވަހު މުޅި އީރާން ވަނީ ރަސްމީކޮށް ބަންދުކޮށްފައެވެ.
އީރާނުގެ ކުރީގެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ 28 ފެބްރުއަރީ 2026 ގައެވެ. އުމުރުފުޅުން 86 އަހަރުގައި އޭނާ އަވަހާރަވީ، އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައެވެ. ހަނގުރާމައިގެ ހާލަތާ ގުޅިގެން ޚާމަނާއީގެ ޖަނާޒާގެ ކަންކަން ފަސްކުރެވިފައި އޮތުމަށްފަހު، ރަސްމީކޮށް ޖަނާޒާގެ ހަރަކާތްތައް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ