ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ކޮރަޕްޝަންގެ ކަންކަން ހިންގި ކަމަށް ބުނާ މައްސަލައެއްގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ދެ ފަހަރުގެ މަތިން ވަނީ އަމުރެއް ނެރެފަ އެވެ. އެގޮތުން:
އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަކަށް
މިދިޔަ 19 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ވަނީ 18 ފެބްރުއަރީގެ ނިޔަލަށް އަކްރަމް ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި
ތަފްސީލް - ހައި ކޯޓުން މިއަދު ހުކުމްކުރަނީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.
އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ބާތިލްކޮށްފައިވެ އެވެ.
ގުޅުން ހުރި - ކުރީގެ ސަރުކާރު އަދި މި ސަރުކާރުގައި ވެސް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ ތަހުގީގީ އިދާރާތަކަށް އަމުރުކުރައްވައިފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނާ ސައްހަ ނޫން ލިޔުމަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލަށް ހުޅުމާލޭން ގޯއްޗެއް ދިންކަން މިދިޔަ އަހަރު ފެންމަތިވި އެވެ. އެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ