އާރްއެންބީ/ހިޕްހޮޕް ލަވަކިޔުންތެރިޔާ އޭކަންގެ ކެރިއަރުގައި ނުދިއްލޭ ބޮއްކެއް ނެތެވެ. އެހެންވީމަ މި ކާމިޔާބީ އިން އަލިކޮށްފައި އޮތް ސްޓޭޖުގެ، ބެކްސްޓޭޖުގައި އޭކަން މިހާރު ކުރަމުން އަންނަ ކަމަކީ އިންސާނިއްޔަތު ކަމެއް ހުރި ހަމަ ކޮންމެ މީހަކު ވެސް އުފަލުން ރޮއްވާލާނެ ވަރުގެ ކަމެކެވެ.
ކަރަންޓުގެ އާދައިގެ ހިދުމަތް ނުލިބޭ އެފްރިކާގެ އާބާދީތަކަށް ހާއްސަކޮށްގެން އޭނާ ފަށާފައިވާ "އޭކަން ލައިޓިން އެފްރިކާ" ގެ ޕްރޮޖެކްޓްގެ ދަށުން މިހާރު އެ ވަނީ އެފްރިކާގެ 14 ގައުމެއްގައި ހަކަތައިން ކަރަންޓު އުފައްދާނެ ޒަމާނީ ނިޒާމުތަކެއް ގާއިމުކޮށް އާންމުންގެ ގެތަކާއި މަގުތައް އަލިކޮށްދީފަ އެވެ.
ފަގީރުކަމާއި ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއިން އަނދިރިކަން ވެރިވެފައި އޮތް އެފްރިކާގައި 600 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ ކަރަންޓް ހިދުމަތާ ނުލަ އެވެ. އޭކަންގެ ޕްރޮޖެކްޓަކީ މި އެންމެނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
އޭކަންގެ މި ޓީމުން ދަނީ އާންމުންގެ ގެތަކާއި މަގުތައް އަލިކޮށް ދިނުމުގެ އިތުރުން އެފްރިކާގެ އާބާދީތަކަށް ހާއްސަކޮށްގެން ސޯލާ އެނާޖީގެ ދާއިރާ އިން އިންޖިނިއަރުން ތަމްރީނުކުރުމުގެ ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.
އެފްރިކާގައި އަސާސީ ހައްގުތައް ނުލިބި ތިބި ފަރާތްތަކަށް އޭކަންގެ އެހީ ފޯރުކޮށްދެމުން އަންނައިރު އޭނާ އަކީ ވެސް އެފްރިކާގެ މި ފަގީރުކަމުގެ ތެރެއިން ނުކުމެގެން އުފެދިގެން އައި އާޓިސްޓެކެވެ. އެމެރިކާގެ ރަށްވެއްސަކަށް ވިޔަސް އޭކަންގެ އުފަން ގައުމަކީ ސެނެގާލް އެވެ.
ސެނެގާލްގައި އޭނާ އުޅެބޮޑުވި އަވަށުގައި ވެސް އޭރު ކަރަންޓެއް ނެތެވެ.
އޭކަންގެ އެހީން އެފްރިކާގެ 600 މިލިއަން މީހުންނަށް ކަރަންޓުގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ