ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފައިވެ އެވެ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތެވެ.
އޭޓީއެމްގެ ބޭނުންތެރިކަން އަތޮޅުތެރޭގައި ބޮޑު ކަމަށާ މިދިޔަ ހަތަރު މަސް ތެރޭގައި މާލެ ފިޔަވައި އަތޮޅުތެރޭގައި 1.3 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ނޫނު އަތޮޅުގެ ރަށްތަކަށް އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި ބޭންކުގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުންކަމަށެވެ. އޭޓީއެމް ޚިދުމަތް ކޮންމެ ރަށަކަށް ލިބެންފެށުމާއެކު ދަތުރު ކުރަން ނުޖެހި ހިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށް ވެސް ވަންނަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވަފައެވެ.
" ބީއެމްއެލް މެދުވެރިކޮށް ކަސްޓަމަރުން ކުރާ މުއާމަލާތްތަކުގެ 90 އިންސައްތަ މުއާމާލާތްތައް ކުރަނީ ޑިޖިޓަލްކޮށް. ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް އަށް ދުވާލަކު 1,000,000 ފަހަރު ކަސްޓަމަރުން ލޮގްކުރޭ. އިންޓަރނެޓް މެދުވެރިކޮށް ކުރާ މުއާމަލާތުގެ އަދަދު ބޮޑު އިންސައްތައެއް ހިއްސާކުރިނަމަވެސް އޭޓީއެމްތަކުން ކުރާ މުއާމަލާތްތައްވެސް މިދަނީ އިތުރުވަމުން. މިގޮތުން ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކު 38000 މުއާމަލާތްކުރޭ." ޝަރީފް ވިދާޅުވިއެވެ.އޭނާ އިތުރަށް ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ." އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް. އޭޓީއެމް ހިދުމަތް ލިބެން ނެތްނަމަ އެއީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ 2000 ދަތުރު. އަދި މިދިޔަ ރޯދަމަސްތެރޭ އަޅުގަނޑުމެން ވާނީ ހއ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފަ. ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފަ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފަ. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް ފަސް ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްތައް." ޝަރީފު ވިދާޅުވި އެވެ.
ބޭންކުގައި ގިނަ ދުވަސްތަކެއް ވަންދަން ހިދުމަތް ކުރެއްވި ޝަރީފް ވިދާޅުވީ މުޅި ރާއްޖެ އިން ވެސް ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތަންކަމަށާއި މިގޮތުން އެޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމް ތަކުން 240,000 މުއާމަލާތްކޮށް، ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަތޮޅުތެރޭގައި އޭޓީއެމްގެ ބޭނުން ބޮޑު، ހަތަރު މަހުން 1.3 ބިލިއަން ރުފިޔާގެ މުއާމަލާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ