އީރާނާއި އިސްރާއީލުންވެސް ވައިގެ ސަރަހައްދު ބަންދުކޮށްފި

އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކަކަށްފަހު، އީރާނާއި އިސްރާއީލުން އެ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، މަދަނީ ދަތުރުތައް ހުއްޓާލައިފިއެވެ.
ހުކުރު ދުވަހުގެ ފަތިހު، އިސްރާއީލުން ވަނީ ”އޮޕަރޭޝަން ރައިޒިންގ ލަޔަން“ ގެ ނަމުގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، އީރާނުގެ އެކި ސަރަޙައްދުތަކުގައި ހުރި ނިއުކްލިއަރ، މިސައިލް އަދި އަސްކަރީ ތަންތަނަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ޓެހްރާނާއި ނަޓަންޒް އެންރިޗޗްމަންޓް ފެސިލިޓީ ހިމެނެއެވެ. އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާގައި އައި.އާރް.ޖީ.ސީގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ، އާމްޑް ފޯސަސްގެ އިސްވެރިޔާ މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ، އަދި އައި.އާރް.ޖީ.ސީގެ އިސް ލީޑަރު މޭޖަރ ޖެނެރަލް ޣުލާމް އަލީ ރަޝީދު މަރުވެފައިވެއެވެ. މީގެ އިތުރުން، ދެ އިސް ނިއުކްލިއަރ ސައިންޓިސްޓުން ކަމަށްވާ ފެރެއިދޫން އައްބާސީ-ދަވާނީ އާއި މުޙައްމަދު މެހްދީ ޓެހްރާންޗީވެސް މި ހަމަލާގައި މަރުވެފައިވެއެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ އެ ޤައުމުގެ މުޅި ވައިގެ ސަރަހައްދު ބަންދުކޮށް، މަދަނީ ދަތުރުތައް ހުއްޓުވައި، ނޯޓަމްސް ނެރެފައެވެ. އަދި އިރާޤުންވެސް ވަނީ އެ ޤައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އެެމިރޭޓްސް، ލުފްތަންޒާ، އެއަރ އިންޑިއާ، އެތިހާދު އަދި ފްލައިދުބައި ފަދަ އެއަރލައިންތަކުން ވަނީ ހަނގުރާމައިގެ ސަރަޙައްދުތަކުން ދުރުހެލިވުމަށްޓަކައި ދަތުރުތައް އަލުން ރޫޓްކޮށް ނުވަތަ ކެންސަލްކޮށްފައެވެ.
އިސްރާއީލުން މި ހަމަލާތައް ސިފަކޮށްފައިވަނީ އީރާނުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ކައިރިވަމުން އައުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައެވެ. ބޮޑުވަޒީރު ނެތަންޔާހޫ ބުނެފައިވަނީ މި ކެމްޕޭން ކުރިއަށް ގެންދާނީ ”ނުރައްކާ ނައްތާލެވެންދެން“ ކަމަށެވެ. އީރާނުގެ ސުޕްރީމް ލީޑަރު މި ހަމަލާ ކުށްވެރިކުރައްވައި، މިއީ ”ކުށެއް“ ކަމަށް ވިދާޅުވެ، ހަރުކަށި ރައްދެއް ދޭނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އީރާނުން ރައްދު ދިނުމުން އެކަމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭނެ ކަމަށްވެސް އިންޒާރު ދެއްވާފައިވެއެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ ކަންބޮޑުވުން އިތުރުވަމުންދެއެވެ. ތެލުގެ އަގު މައްޗަށް ގޮސްފައިވާއިރު، އައި.އޭ.އީ.އޭ އިން ވަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ލިބިފައިވާ ގެއްލުމާއި ރޭޑިއޭޝަން ލީކުވުމާ ގުޅޭގޮތުން ގާތުން މޮނިޓަރކުރަމުންދާ ކަމަށް ބުނެފައެވެ. ދެ ޤައުމުވެސް މަތީ އަސްކަރީ ސަމާލުކަމެއްގައި ތިބި އިރު، ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ހިނގުމުގެ ނުރައްކާ އިތުރުވަމުންދެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ