އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ގދ. ތިނަދޫގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް އަދިވެސް އައިޖީއެމްއެޗްގައި ފަރުވާދެނީ ކެންސަރުގެ ޚާއްސަ ޑޮކްޓަރ އަނާން ޝަފީޢު ނިޔާވެއްޖެ ފުވައްމުލަކުގައި ހިނގި އެކްސިޑ

އައިޖީއެމް ހޮސްޕިޓަލްގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާތީ ފިޔަވަޅުތައް އަޅައި އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ކިބައިން ފެނިފައިވަނީ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެކެވެ.
އެ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ މަދު ކުދިންތަކެއްގެ ކިބައިން އެ ބެކްޓީރިއާ ފެނުމުން އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މިހާރު އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އިތުރަށް ފެތުރިފައިވާ ކަން ފާހަގަކުރެވިފައިނުވާ ކަމަށް އައިޖީއެމްޗުން ބުނެފައިވެއެވެ.
އައިޖީއެމްޗުން ބުނީ، މިފަދަ ބެކްޓީރިއާތަކައް ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި އުފަންވާ ކަމަށާއި އާންމު އެންޓިބަޔޮޓިކަށް އެ ބެކްޓީރިއާ ނުގުޑާ ކަމަށެވެ. އެހެންވެ، އެކަމުން ނުރައްކާތެރި އިންފެކްޝަނަކަށް މަގުފަހިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
އައިޖީއެމްއެޗް އިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭހެއް ފެނުނީ މިދިޔަ މާޗު 27ގައި 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން ކަމަށެވެ. އެހެންވެ ވަގުތުން އެ ކުއްޖާ އެކަހެެރިކޮށް، ބެކްޓީރިއާ އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަދި އިތުރަށް ނެގި ސާމްޕަލްތަކުން، ދުވަސްނުފުރާ ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ ކުއްޖެއްގެ ހަށިގަނޑުން އެ ބެކްޓީރިއާ ފެނުނު ކަމަށް ބަޔާނުގައިވެއެވެ.
މިދިޔަ މަހު 15 ގެފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައިނުވާ ކަމަށާއި ބެކްޓީރިއާއަށް ޕޮޒިޓިވްވި ފަސް ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ