ޗައިނާ ބަސް ދަސްކޮށްދިނުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ކުރިއަށްގެންދާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު މި މަހު 7ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫން މިއަދު ބުނި ގޮތުގައި، 'ޗައިނީޒް ލެންގުއޭޖް ބޭސިކް' ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުން، ޖުމްލަ 30 ދަރިވަރުންނަށެވެ.
ތަފްސީލް - މި ކޯހުގައި:
ކޯސް ފަށާނީ މި މަހު 13ގައި
ކޯސް ކުރިއަށްގެންދާނީ ކްލާސްތަކަށް ހާޒިރުވެގެން
ކިޔަވައިދޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތީގައި؛ ރޭގަނޑު 7 އިން 9އަކަށް
10 ހަފްތާއަށް ކުރިއަށްގެންދާނެ
މި ކޯހުގައި 15 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭނެ ކަމަށް އެންއެންޔޫން ބުންޏެވެ. މި ކޯހުގެ ފީއަކީ 2،500ރ. އެވެ.
އިތުރު މައުލޫމާތު - [email protected]
ޗައިނާ ބަހުގެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ