މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަންގައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި އެ މިނިސްޓްރީގެ ފަރާތުން ނަގާނެ ކަމަށެވެ.
މަގު ހަދާތީ ރަސްމީ ފާލަމާ ހަމައަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ