ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަމަންޓަލް އޯގަނައިޒޭޝަން (BOBP-IGO) އާ ގުޅިގެން، އެފް.އޭ.އޯ (FAO) ގެ ފިޝްމެޕް ޑޭޓާބޭސްއަށް ބޭނުންވާ ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގެ ޓެކްނިކަލް ސެޝަންތަކުގައި މި ވުޒާރާގެ އިތުރުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރު.އައި) ގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން، އިންވެންޓްރީ ފުރިހަމަކުރުމަށް ބޭނުންވާ މައުލޫމާތާއި އިލްމީ ހޯދުންތައް އިތުރަށް މުއްސަނދިވެގެންދާނެއެވެ.
ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަމަންޓަލް އޯގަނައިޒޭޝަން (BOBP-IGO) އަކީ އަބަދުވެސް މި ވުޒާރާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ