ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު 12:00 ޖަހާއިކަށްހާއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ކުޅުދުއްފުށިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން އަންނަނީ ކަރަންޓު ދިޔަ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށް މަސައްކަތް ކުރަމުންނެވެ.
އިއްޔެ އިރުއޮއްސެނިކޮށް މުޅި ކުޅުދުއްފުށިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އެއާޕޯޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނީ ދެ ގަޑިއިރު ވާން އުޅެނިކޮށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑޭ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ވަކިން ހާއްސަކޮށް މާލެ އާއި އައްޑޫ ސިޓީ ފާހަގަކުރެވެ އެވެ.
އައްޑޫ ސިޓީން ކޮންމެ ދުވަހަކުހެން ލޯޑު މަތިވަމުންދާތީ ކަރަންޓުގެ ހިދުމަތް އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަނޑަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ