ބޭރަށް ހިންގުމާއި ޑެންގީ އިތުރުވެ، މިދިޔަ މަހު 4،400އަށް ވުރެ ގިނަ ކޭސް
މިދިޔަ އޮކްޓޫބަރު މަހު ބޭރަށް ހިންގުމާއި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެ، 4،400އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފިއެވެ. ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑރ. އަހުމަދު ފައިސަލް އިއްޔެ ވަނީ، މާލޭގައި އިންފުލުއެންޒާއާއި ޑެންގީ ހުން ވަރަށް ގަދައަށް ފެތުރެމުން އަންނާތީ އެ ކަމަށް ސަމާލުވާން އިލްތިމާސް ކުރައްވާފައެވެ. އޭގެފަހުން، މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ، މިދިޔަ މަހު ރޯގާގެ ގޮތުގައި ފެތުރުނު ބަލިތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ސިއްހީ މާހިރަކު އެމްބިއުލާންސެއް ކައިރި ޑިސްއިންފެކްޓު ކުރަނީ: އޮކްޓޫބަރުގައި ބޭރަށް ހިންގުން ޖެހިގެން 4،000އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ހިސާބުތަކުން އެނގޭ ގޮތުގައި، ސެޕްޓެމްބަރުގައި ޑެންގީ ހުން ޖެހިގެން 260 މީހަކު ރިޕޯޓުކުރިއެވެ. އެކަމަކު، މިދިޔަ މަހު އެއަދަދު ހުރީ، 342އަށް އިތުރުވެފައެވެ. އަދި، މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި މިންވަރަށްވުރެ، އިތުރު އަދަދެކެވެ. ޑެންގީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައި ހުރީ، ގދ. އަތޮޅުން ކަމަށްވާއިރު، އެ އަތޮޅުން 72 މީހަކު ވަނީ ބަލި ޖެހިގެން ރިޕޯޓުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން އެ ބަލި ޖެހިގެން އެޗްޕީއޭއަށް އަންގާފައި ވަނީ، ވ. އަތޮޅުންނެވެ. މިދިޔަ މަހު، ބޭރަށް ހިންގުމުގެ ކޭސްތައް ރިޕޯޓުކުރި މިންވަރު ވެސް ވަނީ ސެޕްޓެމްބަރު މަހަށް ވުރެ އިތުރުވެފައެވެ. އެގޮތުން، އެ ބާވަތުގެ 4،123 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އެއާ ޚިލާފަށް އޭގެ ކުރީ މަހު، ރިޕޯޓުކުރީ، 3،967 ކޭހެކެވެ. އެ ބާވަތުގެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ، ޏ. އަތޮޅުންނެވެ. އެ އަތޮޅުން އެކަނި މިދިޔަ މަހު ވަނީ، 633 ކޭސް ރިޕޯޓުކޮށްފައެވެ. https://sun.mv/214372 މިދިޔަ މަހު ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވިއިރު، އަރިދަފުސް ރޯގާގެ ކޭސްތައް ވަނީ މަދުވެފައެވެ. ހިސާބުތަކަށް ބަލާއިރު، ނިމުނު ސެޕްޓެމްބަރުގައި ރޯގާ ޖެހިގެން އެޗްޕީއޭއަށް އަންގާފައި ވަނީ، 25،936 މީހުންނެވެ. އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް: އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން ޢާއްމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން ބޭރަށް ހިންގުމާއި ހޮޑުލެވޭ ނަމަ ސަލާމަތީ ފިޔަވަޅުތައް އެޅުން މުހިންމެވެ. އެ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ގިނަގިނައިން ލޮޕެކެޓާއި ފެން ފަދަ ދިޔާތަކެތި ބޭނުންކުރުމާއި ކާބޯތަކެތި ތައްޔާރުކުރުމާއި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ