ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް ޚާއްޞަކޮށްގެން “އައިލެންޑް ހޮޕިންގ – ޔޫތު ރެޑް ރިބަން ޗެލެންޖް” ގެ ނަމުގައި 6 ޑިސެމްބަރ 2025 ގައި ބާއްވާ ބޮޑު ހަރަކާތެއް އިޢުލާންކޮށްފިއެވެ.
މި ޗެލެންޖުގެ މަގުސަދަކީ އެޗްއައިވީ އިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުމުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމެވެ.
މި މުބާރާތުގައި ބައިވެރިން ގެންދާނީ ގދ. ކަނަންދޫއިން ގދ. ނަޑެލާއަށް، އެޑްވެންޗަރ އާއި އިޖުތިމާޢީ ޒިންމާ ގުޅުވައިގެން ތަފާތު މަގަކަށެވެ. މި އިވެންޓުގައި ބައިވެރިވުމަށް ޚާއްސަކޮށް 16–30 އަހަރުގެ ޒުވާނުންނަށް ދައުވަތު އަރުވައެވެ.
އެންމެ މޮޅު ބައިވެެރިންނަށް ދޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ؛ 1 ވަނަ: ރުފިޔާ 10،000 2 ވަނަ: ރުފިޔާ 5،000 3 ވަނަ: ރުފިޔާ 3،000
ބައިވެރިންނަށް ރަޖިސްޓްރީ ކުރެވޭނީ ގދ. އަތޮޅު އައިލެންޑް ޓީމްތަކާއި ތިނަދޫ ސިޓީ ޓީމްތަކަށް ފޯރުކޮށްދޭ ކިއުއާރު ކޯޑް މެދުވެރިކޮށެވެ. ސްޕޮޓް ހޯދުމަށް ޝައުގުވެރިވާ ހުރިހާ ޒުވާނުން 1 ޑިސެމްބަރ 2025 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް އިންތިޒާމް ކުރާ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.
ގދ.އަތޮޅުގައި ޓޫރިސްޓު ފެސިލިޓީ އެންހޭންސްމެންޓް ޕްރޮގްރާމް 2024′ ކުރިއަށް ގެންގޮސްފި ގދ. އަތޮޅު ވިލު ނޫކުލައިން ފަވާލައިފި އަތަމާ ބަލިކޮށް ބޫމަރޭންގް އެސްޓީއޯ ނަޑެއްލާ ކައުންސިލް ވޮލީބޯލް ޓޯނަމެންޓް 2022 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި އެސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ