މާލޭގެ މޭޔަރު ރޭހުގައި ފައްޔާޒުގެ ތާއީދު އަލީ އާޒިމަށް

މީގެ ދެ ދުވަސް ކުރިން އެމްްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް، މާލޭ މޭޔަރުކަމުގެ ޕްރައިމަރީގައި އަލީ އާޒިމްއަށް ތާއީދުކުރައްވައި އެ ކެމްޕެއިނާ ގުޅިވަޑައިގެންފި އެވެ.އަލީ އާޒިމްގެ އިތުރުން އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.ފައްޔާޒު މިއަދު ވަނީ އާޒިމްގެ ފަރާތުން ބޭއްވި އިވެންޓެއްގައި ބައިވެރިވެ އޭނާއަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފަ އެވެ. ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަލީ އާޒިމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ތިއްބެވީ އާދަމް އާޒިމަށް ތާއީދުކުރައްވައިގެންނެވެ.މޭޔަރުކަމުގެ ކެމްޕެއިން ދެ އާޒިމް ފެއްޓެވިއިރު، އެ މަގާމަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ވެސް އަދި ނޭނގެ އެވެ. ކައުންސިލުގައި މިހާރު ވެސް އޮތީ، ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ