މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މާލެ ސިޓީ މޭޔަރު ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ތާއީދު އަލީ އާޒިމަށް އޮތްކަން މިއަދު ހާމަކުރައްވައިފި އެވެ.
ފައްޔާޒް ވަނީ އަލީ އާޒިމްގެ ކެމްޕެއިނުގައި ރަސްމީކޮށް ބައިވެރިވެ މިއަދު އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި އަލީ އާޒިމަށް ތާއީދުކުރައްވާ ގިނަ ބަޔަކު ބައިވެރިވި އެވެ.
އެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ އަލީ އާޒިމަކީ އެމްޑީޕީގެ މޭޔަރެއް ހުރިކަމުގެ އިހުސާސް އެމްޑީޕީގެ މެމްބަރުންނަށް ގެނެސްދޭނެ އެމްޑީޕީ ވަންތަ ކެންޑިޑޭޓެއް ކަމަށެވެ.
ފައްޔާޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މޭޔަރު ޕްރައިމަރީގައި އަލީ އާޒިމަށް ތާއީދު އޮތްކަން ހާމަކުރައްވާފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެމްޑީޕީގެ މޭޔަރު ޕްރައިމަރީގައި އަލީ އާޒިމްގެ އިތުރުން ދެން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނީ މިހާރު މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ކުރިން އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެމްޑީޕީ މާލޭ މޭޔަރު ޕްރައިމަރީގައި ފައްޔާޒްގެ ތާއީދު އަލީ އާޒިމަށް އެމްޑީޕީ މާލޭ މޭޔަރު ޕްރައިމަރީގައި ފައްޔާޒްގެ ތާއީދު އަލީ އާޒިމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ