ވޭޕް ޖޫރިމަނާ: މިދިޔަ މަހު 30 މީހަކު ޖޫރިމަނާ، 150000 އަށް އަރާ

ވޭޕް ކުރުމާއި ގެންގުޅުމުގެ ކުށުގައި ޖުމްލަ 150،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ. 
ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ވޭޕް ކުރުމާއި އެފަދަ ތަކެތި ފެންގުޅުމާއި ގުޅޭ 11 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އެ މައްސަަލަތަކުގައި 30 މީހަކު ހިމެނޭ ކަމަށާ އެ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ވޭޕާއި އީ ސިގިރޭޓު ގެންގުޅުނު 16 މީހަކާއި ވޭޕާއި އީ ސިގިރޭޓު ބޭނުންކުރި 14 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެ މީހުން ޖޫރިމަނާ ކޮށްފައިވަނީ 150,000 ރުފިޔާ އެވެ. 
ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައުވާގޮތުން، އެ ގާނޫނާ ޚިލާފް ވެއްޖެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭއެވެ. 
އެއީ:
1. ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ
2- އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ
3- ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ
4- ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއް
5- ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ