މި އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު މޭވާގެ ބާވަތްތަކުގެ އަގު ނިމުނު އޮގަސްޓު މަހު %6 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ އިދާރާ އިން އަންގާރަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްތު މަހު ކާބޯތަކެތީގެ އަގު ވަނީ ޖުމްލަ ގޮތެއްގައި އުފުލިފަ އެވެ.
ތަފްސީލް - އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ އެކު އެމްބީއެސް އިން އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ކާބޯތަކެތީގެ އަގު ވަނީ %1.62 އުފުލިފަ އެވެ.
މޭވާގެ އަގުތައް %6.13 އުފުލުނު އިރު ތަރުކާރީގެ އަގުތައް %2.23 އުފުލިފައިވޭ
އެއްގަމު މަހުގެ ބާވަތްތަކުގެ އަގުތައް %0.78 ވަނީ ދަށްވެފައި
އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު ކާބޯތަކެތީގެ އަގުތައް އުފުލިފައިވަނީ %1.96 އަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު މޭވާގެ އަގުތައް %10.20 ވަނީ އުފުލިފައި
ތެލާއި ބަޓަރު ފަދަ ބާވަތްތަކުގެ އަގު %5.34 އުފުލިފައިވޭ
ތަރުކާރީގެ އަގު ވަނީ %6.32 ދަށްވެފައި
ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ސައިފަތާއި ކޮފީ ފަދަ ތަކެތީގެ އަގު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ.
އެގޮތުން:
ކޮފީ/ކޮފީ ސަބްސްޓިޓިއުޓުގެ އަގު %0.59 ދަށްވެފައި
ސައިފަތް ފަދަ ތަކެތީގެ އަގު %0.40 ދަށަށް ގޮސްފައި
ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު ކޮފީ ފަދަ ތަކެތީގެ އަގު %8.75 ވަނީ އިތުރުވެފަ އެވެ. މޭވާ އާއި ތަރުކާރީން އުފައްދާ ޖޫހުގެ އަގު ވެސް %6.97 އިތުރުވެފައިވާ ކަމަށް އެމްބީއެސްގެ ހިސާބުތައް ދައްކަ އެވެ.
އާންމުކޮށް ބޭނުންކުރާ ސާމާނުގެ އަގަށް އައިސްފައިވާ ބަދަލުތައް
ސީރިއަލް އަދި އެފަދަ ކާނާގެ އަގު ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު %0.20 އަގު ދަށްވި. ނަމަވެސް މިދިޔަ އޮގަސްޓުމަހާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު މިފަދަ ތަކެތީގެ އަގު %1.82 ބޮޑުވެފައި
ކަނޑުމަހުގެ އަގު ޖުލައި އާ އަޅާ ބަލާއިރު އޮގަސްޓު މަހި %0.72 ބޮޑުވި. މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު، ކަނޑުމަހުގެ އަގު %0.49 ބޮޑުވި
ކިރާއި ބިސް ފަދަ ތަކެތީގެ އަގު އޮގަސްޓު މަހު ވަނީ %0.53 ބޮޑުވެފައި. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %4.04 އަގު އުުފުލިފައި
ޕާސަނަލް ކެއާ ނުވަތަ ރީތިވާ ސާމާނުގެ އަގު ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު %0.38 ބޮޑުވި. މިދިޔަ އަހަރުގެ އޮގަސްޓާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު މި ތަކެތީގެ އަގު %4.33 އަގު އުފުލިފައި
އެއް މަސް ތެރޭ މޭވާގެ އަގު %6 އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ