ރާއްޖޭގެ ފަޔަށް ހެރިފަ އިން މޮހޮރު ނައްޓާލާނީ އަޅުގަނޑު - އުމަރު

ބަނދަރާއި މަގުހެދުމަކީ ހުރިހާ ސަރުކާރެއްގައި ވެސް ކުރާކެމެއް ކަމަށާއި، އެއީ އިންތިބާހާބުތަކާ ދިމާކޮށް ވާންޖެހޭ ވަޢުދެއް ނޫން ކަމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ
އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ޔަގީންކަމާއިއެކުގައި ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިރު ވެސް އެ މީހުން ރާއްޖޭގައި ތިބުމުން ކަމަށް އުމަރު ވިދާޅުވިއެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށާއި އޭގެ ފަހުން އިންޑިއާ ސިފައިންގެ އުޅަނދާއި އެ މީހުންގެ އަދަދު އިތުރުކުރަމުން ދިޔަ ކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެ މީހުން ފައިބާފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ