ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރުންގެ ދާއިރާތަކަށް އިންޑިއާ ސަރުކާރުގެ ފަރާތުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި އެވެ.
އެ ހަ މެންބަރުންގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله އާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު އާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.
މިއަދު އެ ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ އިންޑިއާގައި ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް އެވެ. މިއީ އެ މެންބަރުންގެ ދާއިރާތަކުގައި ޓެކްނޮލޮޖީ ކުރިއެރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުނެ އެވެ.
އެއީ އޭސާ ބްރޭންޑުގެ ލެޕްޓޮޕްތަކެކެވެ. ނަމަވެސް ކޮންމެ މެންބަރަކަށް ލިބުނީ ކިތައް ލެޕްޓޮޕްކަމެއް ސާފެއް ނޫނެވެ.
ޕީއެންސީ ވެރިކަމަށް އައުމަށްޓަކައި ކުރި ކެމްޕޭނުގައި ވަރަށް ބޮޑަށް އިންޑިއާއާ ދެކޮޅު ވާހަކަ ދައްކާފައިވެ އެވެ. މި މެންބަރުންގެ ތެރޭގައި ވެސް "އިންޑިއާ އައުޓް" ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅުން ހިމެނެ އެވެ.
އެ ގައުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ވެރިކަމަށް އައި މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު އިންޑިއާ އާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް މިހާރު އެ ގުޅުން ވަނީ ވަރަށް ރަނގަޅުވެފަ އެވެ.
އިންޑިއާ ސަރުކާރުން ދިން ލެޕްޓޮޕްތަކަކާ ޕީއެންސީގެ ހަ މެންބަރުން ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ