އެސްއޯއީތަކުން "އެމްޑީޕީ މެންބަރުން" ކަނޑައި، އާއިލާތަކެއް ބިިކަކުރަން ހިންގާ ޖަރީމާ ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ މީހުން ކަނޑަމުން ދަނީ، އިގުތިސޯދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި އާއިލާތަކެއް އިނދަޖައްސާލަން ސަރުކާރުން ހިންގާ އަނިޔާވެރި ޖަރީމާއެއް ކަމަށް އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.  
ޝާހިދު މިހެން ވިދާޅުވީ ދައުލަތުގެ ކުންފުނިތައް "ރައިޓް ސައިޒު" ކުރަން ކަމަށް ބުނެ  ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރަން ފަށައިގެން އުޅޭ މަސައްކަތަށް ފާޑުވިދާޅުވަމުންނެވެ. ޝާހިދާއި އެމްޑީޕީން ބުނަމުން އަންނަނީ މިއީ ސަރުކާރަށް ތާއީދުނުކުރާ މީހުން ވަޒީފާތަކުން ވަކިކުރަން ހިންގާ ހީލަތްތެރި ސިޔާސަތެއް ކަމަށެވެ. 
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
ސަރުކާރަށް އަމާޒުކޮށް އެ ތުހުމަތުތައް ތަކުރާރުކުރައްވަމުން ޝާހިދު އެކްސްގައި ވިދާޅުވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނިވަލުގައި ސަރުކާރު އޮވެ އެމްޑީޕީގެ މެންބަރުން ވަޒީފާތަކުން ވަކިކުރަމުން ދަނީ "އެއްވެސް ސުމާރެއް ނެތި" ކަމަށެވެ.
ޝާހިދު ތުހުމަތުކުރެއްވި ގޮތުގައި މިއީ ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައިގެން، ސަރުކާރު ދަަމަހައްޓަން ގެންގުޅޭ ހީލަލްތެރި ވިސްނުމެކެވެ. އަދި، އިގުތިސޯދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި މިކަން ކުރުން ހުއްޓާލައި، ވަޒީފާ ނެތުމުގެ ބިރުން ރައްޔިތުން ސަލާމަތްކޮށްދޭން އޭނާ ގޮވާލެއްވި އެވެ.  
"މިއީ އިގުތިސޯދު ހީނަރުވެ ޑޮލަރުގެ އަގު އިންތިހާޔަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް އާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއް. މިކަން ވަގުތުން ހުއްޓާލާ ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތް ކޮށް ދިނުމަށް ސަރުކާރަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
ދައުލަތުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް ވަކިކުރި މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ. ނަމަވެސް ލޯކަލް ކައުންސިލު އިންތިހާބުގެ ފަހުން އެކި ކުންފުނިތަކުން އަންނަނީ މީހުން ވަޒީފާތަކުން ކަނޑަމުންނެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީ މެންބަރުންނެވެ.
ޕީސީބީން ވަނީ އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ބޯޑުގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ބައެއް ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން އަންގާފަ އެވެ. ނަމަވެސް މިއީ ކިހާ އަދަދެއްގެ މުވައްޒަފުންނެއް ކަމެއް އަދި ނުބުނެ އެވެ. ނޫސްވެރިން އެ ސުވާލުކުރާ ކޮންމެ ފަހަރެއްގައި ސަރުކާރުން ބުނަނީ އެ އަދަދު ބިނާވަނީ އެ ކުންފުންޏެއްގެ ބޭނުންތަކުގެ މައްޗަށް ކަމަށެވެ. 
ސަރުކާރުގެ މި ސިޔާސަތާއެކީ ވަޒީފާ ނެތް އާބާދީ އިތުރުވުމުގެ ފުރުސަތު އޮތްއިރު، މި ކަމަށް އޮތް ހައްލެއް ސަރުކާރުން މިހާތަނަށް ނުބުނެ އެވެ. މި ކަންބޮޑުވުން އިތުރުވަނީ، އިރާނު ހަނގުރާމައާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް ވެސް ގޮންޖެހުން ބޮޑުވެ، އިގުތިސޯދުގެ ހަރަކާތްތެރިކަން މަޑުޖެހިފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ