ސާރާ، 10 އަހަރުވީ ރާއްޖޭގެ ގައުމީ ރެކޯޑެއް އާ ކޮށްފި

ރާއްޖޭގެ އަންހެނުންގެ
ލޯންގްކޯސް 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ
މުޙައްމަދު އާކޮށްފިއެވެ.
މިއީ، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އާ ނުކުރެވި އޮތް ގައުމީ ރެކޯޑެކެވެ. 
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
އެ ގޮތުން، ތައިލެންޑުގެ ވެރި ރަށް، ބެންކޮކްގައި މިހާރު ކުރިޔަށްދާ 12 ވަނަ އޭޝިއަން
އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް 2026 ގައި ސާރާ މި ރެކޯޑް
އާ ކޮށްފައިވަނީ 00:35.75 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.
މި
އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާ
އެވެ. އެއީ، 2016 ވަނަ އަހަރު މެލޭޝިއާ ގައި ކުރިއަށްދިޔަ 59 ވަނަ
މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިން ޗެމްޕިއަންޝިޕް 2016 ގައި
00:37.17 އިން އިވެންޓް ފުރިހަމަ ކޮށްގެނެވެ. ސާޖިނާގެ ޓައިމިން އަށް ބަލާއިރު، ސާރާ މި ރެކޯޑް އާ ކޮށްފައި މި ވަނީ، އެކަށީގެންވާ ރަނގަޅު ޓައިމިން އަކާ އެކު އެވެ. 
އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭން 38 ފެތުންތެރިން ވާދަކުރެ އެވެ. 
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ފެތުންތެރިންގެ ތެރޭގައި ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ރަނގަޅު ކުރިއެރުންތައް ހޯދި ގިނަ ފެތުންތެރިން ވެސް ހިމެނެ އެވެ. 
އެ ގޮތުން، ތައިލެންޑްގެ މި މުބާރާތުގައި ފެނިގެންދާ ދިވެހި ފެތުންތެރިންނަކީ، ސާރާގެ އިތުރުން، އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރު އެވެ.
ތައިލެންޑް މުބާރާތުގައި ރާއްޖޭން ބޮޑު ސްކޮޑެއް ވާދަކުރާއިރު، ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅު އެވެ. މީގެ އިތުރުން، ރާއްޖޭގެ ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރު އެވެ.
ތައިލެންޑުގެ މުބާރާތުގައި ގިނަ ފެތުންތެރިންތަކެއް ވާދަކުރަމުން އަންނައިރު، މި މަހު، ގްލާސްގޯގައި ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފެތުންތެރިން ވަނީ ސްކޮޓްލެންޑަށް ދިއުމަށް ފުރައިފަ އެވެ. އެ ފެތުންތެރިންނަކީ، އަމްނާ ތަޒްކިޔާ މިރުސާދު، މެރާލް އައިން ލަތީފް، މުހައްމަދު ރިހާން ޝިހާމް، ލޫތު މުހައްމަދު ހުސެއިން އަދި މުހައްމަދު އާން ހުސެއިން އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ