ޓްރާންސްޕޯޓުގެ ހިދުމަތްތައް ވަންގަވްއަށް ބަދަލުކޮށް ދާއިމީ ހައްލެއް ގެންނަނީ

ޓްރާންސްޕޯޓުގެ ހިދުމަތްތައް ހޯދުމުގައި އާންމުންނަށް މިހާރު ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ވަންގަވް މެދުވެރިކޮށް ފުލް ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
"މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ އަދި ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ގާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން މިހާރު ކުރަމުންދާ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ