މާލޭގައި ހުންނަ ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހިތަށްފިނިވާމަގުގައި ހުންނަ އެ ފިހާރައިން ވައްކަންކުރި މައްސަލާގައި ކޯޓު އަމުރަކަށް ހައްޔަރުކުރީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަހުމަދު ނަސްރު، 46، އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް އަލީ ޝަރީފް، 35، އެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެ މައްސަލަ ހުށަހެޅުމާ އެކު ސީސީޓީވީ ފުޓޭޖް ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ފިހާރައިން އެ މީހުން ވަގަށް ނެގީ ލޮއިނަރު ރޯލުތަކެއް ކަމަށާއި އެ ތަކެތި ވެސް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށް ވެސް 15 ދުވަސް ވަނީ ދީފަ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ލޮއި ނަރު ރޯލުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ