ތުރުކީގައި 29 އަހަރުގެ ފިރިހެނަކު އޭނާގެ އަނބިމީހާ އަންހެން ކުއަޖަކު ވިހެއުމުން ކަރަންޓު ޝޮކެއްދީ މަރާލައިފިއެވެ.
މި ފިރިހެން މީހާ މިހާރު ވަނީ އޭނާގެ އަމަލުތަކަށް އިއުތިރާފްވެ އެވާހަކަ ފުލުހުންނަށް ގުޅާ ކިޔާދީފައެވެ. އަދި މި ވާހަކަތަށް ތުރުކީގެ ނޫހެއް ކަމަށްވާ "ވަތަން" ގައި އެހެނިހެން ބޮޑެތި ނޫސްތަކުގައި ވެސް ޝާއިއުކޮށްފައެވެ.
އޭނާ ފުލުހުންނަށް ގުޅުމަށް ފަހު ބުނެފައިވަނީ "އަހަރެން މީހަކު މަރާލައިފިން" މިހެންނެވެ. އަދި ފުލުސް އޮފިސަރު މަރާލީ ކާކުތޯ އެހުމުން "މަރާލަނީ އަހަރެންގެ އަނބިމީހާ" މިހެން ބުނާ ކަމަށް "ވަތަން" ނޫހުގައި ބުނެފައިވެ އެވެ. އަދި މަރާލީތޯ ނޫނީ މަރާލަން އުޅެނީތޯ ފުލުހުން ސުވާލް ކުރުމުން އަދި މަރު ނުވާ ކަމަށާއި އޭނާ މަރާލުމަކީ ހަލާލް ކަމެއްނަމަ އެކަން ކުރާނެ ކަމަށް އޭނާ ބުނާ ކަމަށް އެ ނޫހުގައިވެއެވެ.
މިހާދިސާގެ ސަބަބުން އަނބިމީހާއާއި މައްސަލައެއް ޖެހިގެން އުޅޭތޯ ފުލުހުން ސުވާލު ކުރުމުން ފިރިހެންމީހާ ބުނީ "އަނބިމީހާ މަރާލީމަވެސް އަދިވެސް ތި އަހަނީ މައްސަލައެއް އޮތްހޭ" މިހެންނެވެ.
މި ފިރިހެން މީހާ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ދިފާއީ ވަކީލް ބުނެފައިވަނީ އޭނާގެ އަނބިމީހާ އޭނާ މަރާލީ އަނެއްކާވެސް އަންހެން ދަރިއަކު ވިހުމުން ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އެ ފިރިހެން މީހާއާއި ފުލުހުންނަށް ރަނގަޅަށް މުއާމަލާތު ކުރަން ނޭނގުމުން ކަމަށްވެސް ދިފާއީ ވަކީލް ބުނި ކަމަށް ތުރުކީގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.
މިދިޔަ އަހަރު ތުރުކީގައި އެކި މައްސަލަތަކުގައި ފިރިހެނުން ވަނީ 214 އަންހެނަކާއި 10 ކުޑަކުދިން މަރާލާފައިކަމަށް ދިރާސާތަކުން އެނގޭއިރު މީގެ ސަބަބަކަށް ގިނަ ފަހަރަށް ދިމާވަނީ ވަރީގެ މައްސަލަތައް ކަމަށް އެ ދިރާސާތަކުން އެނގެއެވެ.
އަންހެން ކުއްޖަކު ވިހެއުމުން އަނބިމީހާ ގައިގައި ކަރަންޓު ޖައްސައި މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ