އަހަރުގެ އެންމެ ފާހަގަކުރެވުނު ނިއުސްމޭކަރުންގެ ލިސްޓެއް ހަވީރު އޮންލައިނުން އާންމުކޮށްފި

މިއަހަރު އެންމެ ފާހަގަކުރެވުނު ނިއުސްމޭކަރުންގެ ލިސްޓެއް ހަވީރު އޮންލައިނުން އާންމު ކޮށްފި އެވެ.
ހަވީރު އޮންލައިނުން މިއިއްޔެ ޝާއިއުކުރި ޕޮޕިއުލާ ނިއުސްމޭކަރުންގެ ލިސްޓުގެ އެއްވަނައިގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ 57.6 ޕަސެންޓް ލިބިފައިވާއިރު އެމަނިކުފާނާ ގުޅުހުރި ޚަބަރުތައް 16.3 މިލިއަނަށް ވުރެ ގިނަ މީހުން ކިޔާފައިވެއެވެ. އަދި 75298 (ހަތްދިހަ ފަސް ހާސް ދުއިސައްތަ ނުވަދިހަ އަށް ) މީހުން އެ ލިޔުންތަކަށް ކޮމެންޓް ކޮށްފައިވެއެވެ.
ހަވީރުގެ ޕޮޕިއުލާ ނިއުސްމޭކަރުންގެ ލިސްޓުން ދެވަނައިގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. އެމަނިކުފާނަށް 16 ޕަސެންޓް ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނާ ގުޅުންހުރި ހަބަރުތައް 4.5 މިލިއަން މީހުނަށް ވުރެ ގިނަ މީހުން ކިޔާފައިވެއެވެ. އަދި 22252 (ބާވީސްހާސް ދުއިސައްތަ ފަންސާސް ދެ) މީހުން އެ ލިޔުންތަކަށް ކޮމެންޓް ކޮށްފައިވެއެވެ.
ޕޮޕިއުލާ ނިއުސްމޭކަރުންގެ ލިސްޓުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އޮތީ ތިން ވަނައިގައެވެ. އެއީ 15.8 ޕަސެންޓާއެކު އެވެ. އެމަނިކުފާނާ ގުޅުންހުރި ލިޔުންތައް ކިޔާފައިވަނީ 4.4 މިލިއަނަށް ވުރެ ގިނަ މީހުނެވެ. އަދި 19825 (ނަވާރަހާސް އަށްސަތޭކަ ފަންސަވީސް) މީހުން ވަނީ އެ ލިޔުންތަކަށް ކޮމެންޓް ކޮށްފައެވެ.
މި ލިސްޓުގެ ހަތަރު ވަނައިގައި ނުވަ ޕަސެންޓާއެކު ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދި ފަސް ވަނައިގައި 1.4 ޕަސެންޓާއެކު ވަނީ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ