މޫސުން ގޯސްވުމުން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ އެންމެ ދެކުނުގެ ހަަތަރު އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ދެކުނުގެ ބައެއް ހިސާބަށް ވައިޓް އެލާޓް ނެރުނު ނަމަވެސް މެދުތެރެއަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އުުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ކުރިއަށް އަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހުޅަނގު އުތުރާއި އުތުރުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަަދަވުން އެކަށީގެންވާ ކަަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން މައުލުމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ