ހަތަރު އުމުރު ފުރައަކަށް ބަހާލުމަށްފަހު މިއަހަރުގެ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތް އަންނަ މާޗް މަހުގެ އެއްވަނަ ދުވަހު ފަށަން އެފްއޭއެމްއިން ނިންމާފި އެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ އުމުރު ފުރާތަކަކީ 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 15 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.
އެފްއޭއެމް އިން ބުނީ، މިއަހަރުގެ މުބާރާތުގައި 11 އަހަރުން ދަށުގެ އުމުރު ފުރާ ބައިވެރި ކުރާގޮތަށް ނިންމީ އެ އުމުރު ފުރާއަކީ ފުޓްބޯޅަ ތައާރަފް ކުރާ އުމުރު ފުރާގެ ވަރަށް މުހިންމު ބައެއް ކަމަށް ވާތީވެ ކަމަށާއި އެ އުމުރުގެ މެދުގައްޔާއި، ބެލެނިވެރިންގެ މެދުގައި ފުޓްބޯޅައަށް މިހާރަށް ވުރެ ބޮޑަށް ޝައުގު އިތުރުކޮށް މުބާރާތުގެ ފޯރި އިތުރަށް ކުރިއެރުވުމުގެ ގޮތުން ކަމަށެވެ. އަދި 18 އަހަރުން ދަށުގެ މުބާރާތެއް ސްކޫލްތަކަށާއ، ކޮލެޖްތަކަށް އަމާޒުކޮށް ބާއްވާގޮތައް ނިންމީ އެ އުމުރު ފުރާއަކީ ފުޓްބޯޅައިގެ އެންމެ މުހިންމު ފުރާއަކަށް ވާތީވެ، ބައެއް ސުކޫލްތަކާއި ކޮލެޖް ފެންވަރުގައި ކިޔަވާދޭ ތަންތަނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެފްއޭއެމްއިން ބުނެއެވެ.
މިފަހަރުގެ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އެފްއޭއެމް އިން މިހާރު ހުޅުވާލައިފި ވާއިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމުގެ ކުރިން އެފްއޭއެމް އަށް ހުށަހެޅުމަށް ސުކޫލްތަކަށް ވަނީ އަންގާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވާއިދު އެފްއޭއެމްގެ ކައުން ޓަރުން އަންނަ ހަފްތާގެ އަދިއްތަ ދުވަހު ލިބެން ހުންނާނެ ކަމަށް އެއިދާރިން މިއަދު ނެރުނު ބަޔާނެއް ގައި ބުނެފައި ވެއެވެ.
އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މާޗް މަހު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ