ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދުގެ ހައްޔަރު ކުރުމާ ބެހޭ މައްސަލައިގައި، ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީހުން މިގޮތަށް ނިންމީ މިއަދު އެވެ. މިގޮތަށް ނިންމުމާ އެކު ރައީސް ނަޝީދުގެ ސަރުކާރުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ މައްސަލަވެސް ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާވެސް ވަނީ އަނބުރާ ގެންގޮސްފައެވެ. މީގެ އިތުރުން، އެމްއެންޑީއެފްގައި މާލެ އޭރިއާގެ ކުރީގެ ކޮމާންޑަރ އަދި މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރޓޑ އިބްރާހިމް މުހައްމަދު ދީދީ، އަދި އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް މި މައްސަލައިގައި ދަޢުވާ ކޮށްފައިވާ އިރު، މި ބޭފުޅުންގެ މައްޗަށް ކުރި ދަޢުވާތައް ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ
ޕީޖީއިން ބުނި ގޮތުގައި އެމައްސަލަތައް އަނބުރާ ގެންދިޔައީ މައްސަލަތަކާ ބެހޭ ގޮތުން ދިރާސާ ކުރުމަށްޓަކައި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ބެހޭ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ