ސިވިލް ކޯޓުން ގާޒީ ޝުޖޫންގެ އަގު ވަޒަންކޮށްފި

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓުން އޭނާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށްފި އެވެ.
ސިވިލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިރޭ ބޭއްވި ހަފްލާއެއްގައި ޝުޖޫން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައިވާ ކަމަށެވެ.
. އަދި ސިވިލް ކޯޓުގެ ގާޒީންނާއި ބައެއް މުވައްޒަފުން ވަނީ ޝުޖޫންއާ މެދު އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރައްވާފައިވާ ކަމަށާއި އަދި ޝުޖޫން ވެސް މި ހަފްލާފައި ވާހަކަފުޅުދެއްކެވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަފްލާގައި ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިންގެ އިތުރުން ކޯޓުގެ ގާޒީންނާއި ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޝުޖޫން ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 12 ފެބްރުއަރީ 1997 ގައެވެ. މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ޝުޖޫން އައްޔަން ކުރެވުނީ 11 ޖުލައި 2007 ގައެވެ. ޝުޖޫން ވަނީ އެ ކޯޓު ހިންގަވާ ގާޒީއެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައެވެ.
ޝުޖޫނަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ