އަވިން ކަރަންޓް އުފައްދާ ނިޒާމެއް އުގޫފާރުގައި ގާއިމްކޮށްފި

ޖަރުމަނު ސަރުކާރުގެ އެހީގައި ރ. އުނގޫފާރުގައި ގާއިމުކުރި އަވިން ހަކަތަ އުފައްދާ ނިޒާމު އިފްތިތާހުކޮށް ވިއުގައާ ގުޅާލައިފި އެވެ.
ޖަރުމަނު ސަރުކާރުގެ ޖީއައިޒެޑް އާއި އެންވާރަމަންޓް މިނިސްޓްރީއާ ގުޅިގެން ތަންފީޒުކުރަމުންދާ "ސަޕޯޓް ފޯ ދަ ކްލައިމެޓް ނިއުޓްރަލިޓީ ސްޓްރަޓެޖީ އޮފް ދަ މޯލްޑިވްސް"ގެ ދަށުން އުނގޫފާރުގައި ގާާއިމުކުރި 124 ކިލޯ ވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމު އިފްތިތާހުކޮށްދެއްވީ ހޮނިހިރު ދުވަހު އެ ރަށުގައި އޮތް ރަސްމިއްޔާތެއްގައި އެންވާރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހީމެވެ.އުނގޫފާރުގައި ގާާއިމުކުރި 124 ކިލޯ ވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމު އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތު ތެރެއިން-- ފޮޓޯ އެންވާރަމަންޓް މިނިސްޓްރީ
އެންވާރަމަންޓް މިނިސްޓްރީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ގާއިމްކުރި 124 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމުގެ ގާއިމްކޮށްފައި ވަނީ އެ ރަށު ސްކޫލާއި ސުވަރޭޖް ޕްލާންޓުގެ އިތުރުން އެރަށު އިންޖީނުގޭގައި ކަމަށެވެ.
އެންވާރަމަންޓް މިނިސްޓްރީން ކުރިން ބުނެފައި ވަނީ، އުނގޫފާރުގައި ގާއިމްކުރި އެ ނިޒާމުގެ ދަށުން ދުވާލު ކަރަންޓް ބޭނުންކުރެވޭ އެންމެ މަތީ މިންވަރުގެ 30 ޕަސެންޓަށް އުފައްދައިދޭނެ ކަމަށެވެ. އަދި އެ ނިޒާމުތައް ގާއިމްކުރުމުން މަހެއްގެ މައްޗަށް 3600 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.އުނގޫފާރުގައި ގާާއިމުކުރި 124 ކިލޯ ވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމު އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތު ތެރެއިން-- ފޮޓޯ އެންވާރަމަންޓް މިނިސްޓްރީ
މިނިސްޓަރު ތޯރިގް އުގޫފާރަށް ކުރެއްވި އެ ދަތުރުފުޅުގައި ކަރަންޓު ހަރަދު ކުޑަ ބަނދަރުބައްތި އުނގޫފާރު ކައުންސިލާ ވަނީ ރަމްޒީކޮށް ހަވާލުކޮށްދެއްވާފަ އެވެ. މީގެ އިތުރުން، ކަރަންޓް ޚަރަދު ކުޑަކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ކެމްޕޭން، "އިޓްސް ކޫލް އެޓް 25"ގައި އުނގޫފާރު ކައުންސިލުން ވަނީ ބައިވެރިވެފަ އެވެ.
އިޓްސް ކޫލް އެޓް 25 ކެމްޕޭނަކީ ކަރަންޓު އެންމެ ގިނައިން ހޭދަވާ އެއް ވަސީލަތްކަމަށްވާ އެއާ ކޮންޑިޝަން ނުވަތަ ފިނި ކުރަން ބޭނުންކުރާ އެފަދަ ތަކެތި ފިނިހޫނުމިން 25 ގައި ބަހައްޓައިގެން ކަރަންޓު ޚަރަދު ކުޑަކުރުމަށް އާންމުންނާއި ކުންފުނިތައް ހޭލުންތެރި ކުރުވުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ