ދިއްފުށީ ރައްޔިތުން ނުކުމެ ވަގުންނާ ކުރިމަތިލައި ދެ ލައްކައެއްހާ ރުފިޔާގެ ތިޖޫރި ހޯދައިފި

ކ. ދިއްފުށީ ފިހާރައަކުން މީގެ ދުވަސްކޮޅެއް ކުރިން ވަގަށް ނެގި ދެ ލައްކައެއްހާ ރުފިޔާގެ ތިޖޫރީ ހޯދުމަށް ރައްޔިތުން ކުރި މަސައްކަތުން ވަގުންނާ ކުރިމަތިލައި، މިރޭ ތިޖޫރީ ހޯދައިފިއެވެ. ދިއްފުށީގައި މިރޭ މާރާމާރީ އެއް ހިންގައިގެން އުޅޭކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް މިހާރު ވަނީ ދިއްފުއްޓަށް ދިޔުމަށް ދަތުރު ފަށާފައެވެ. ދިއްފުށީ ރައްޔިތުން މިރޭ ވެސް ވަނީ ވަގުންގެ މީހަކަށް ހަމަލާދީފައެވެ. ދިއްފުށިން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ރައްޔިތުންދަނީ ވައްކަމުގެ މައްސަލައާ ގުޅިގެން ވަގުންނާ ސުވާލު ކުރަމުންނެވެ. ދިއްފުށީ ކައުންސިލް މެމްބަރަކު "ސަން" އަށް ވިދާޅުވީ ރައްޔިތުން ނުކުމެ ވަގުންނާ ކުރިމަތިލައި 180،000 ރުފިޔާގެ ފައިސާ ހުރި ތިޖޫރީ ހޯދާފައިވާ ކަމަށެވެ. އެ ތިޖޫރި ފެނުނު އިރު އޭގައި ފައިސާ ހުރި ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ތަފްސީލް އަންނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ