ލުތުފީ ރާއްޖެ ގެނައުމަށް އުމަރު ނަސީރު ހުރަސްއެޅުއްވި ކަމުގެ ތުހުމަތު!

ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުރަސްއެޅުއްވި ކަމުގެ ތުހުމަތު ފެންމަތިވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ލުތުފީ ހައްޔަރު ކުރަން ފުރުސަތު ލިބުނުކަން އެނގެން އެބަ އޮތް ކަމަށެވެ.
"ހައްޔަރު ކުރުމުގެ ހުއްދައަށް އެދުމުން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އޭނާ މަރުވަންދެން ލަންކާގައި ބަހައްޓަން،" މަހްލޫފުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މަހްލޫފު އިތުރަށް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގެ ފަސް އަހަރު ނިމުނުއިރުވެސް ނުގެނެވުނު ލުތުފީ މި ސަރުކާރުން ރާއްޖެ ގެންނާނެ ކަމަށެވެ. RYameen ge sarukaarah Luthufee hayyaru kuran furusathu libunukan egen ebaoiy.Hayyarukurumuge huhdha ah edhumun eyruge Home Minister @UmarNaseerMV vidhaalhuvee eynaa maruvandhen lanka ga bahattan. 5 aharu nimunuiruves nugenevunu Luthufee misarukaarun Iraadhakureviyya gennaanan.— Ahmed Mahloof (@AhmedMahloof) June 30, 2019އުމަރު ވަނީ މަހްލޫފުގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވަޒީރެއްގެ ހުވާ ކުރައްވައިގެން ހުންނަވާ މަހްލޫފު އިތުރުފުޅު" ނުހެއްދެވުމަށް އެދޭ ކަމަށެވެ. Vazeerehge huvaa kuravvaigen hunnavaa, @AhmedMahloof ithurufulhu nuhadhavaa. Luthfee gennavaa. https://t.co/H3KE04eAfN— Umar Naseer (@UmarNaseerMV) June 30, 2019 ކުރީގެ ހޯމް މިނިސްޓަރު އެކަން ދޮގު ކުރެއްވި ނަމަވެސް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި 2012 އިން 2016 އަށް ލުތުފީގެ މައުލޫމާތު ލިބުމުން ވެސް ފުލުހުންގެ އިސްވެރިން އޭނާ ރާއްޖެ ގެންނަން ފިޔަވަޅެއް އަޅުއްވާފައެއް ނުވެ އެވެ.
އެހެންކަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އެންގެވުމަކަށް، އޭރު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެންކަން ތަހުގީގު ކުރަން ފުލުހުން ވަނީ ފަށާފަ އެވެ.
"އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށި ފަހުން، 2012 އާއި 2016 ވަނަ އަހަރާ ދެމެދު، ތަފާތު އެކި ފަހަރު މަތިން މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާ ގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާ ގުޅުން ހުރި އިސްވެރިންނާ ހިއްސާ ކުރެވިފައިވީ ނަމަވެސް، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އޭރު ނާޅާ އޮތް ސަބަބު ބަލާ، ތަހުގީގުކޮށްދިނުމަށް އެދި 2019 ޖޫން 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑަށް ރަސްމީކޮށް ލިޔުމުން އަންގަވާފަ އެވެ،" އެ ބަޔާނުގައި ވެއެވެ. Luthfee Raajje nugenes huri sababu balan angaifi https://t.co/GqNgHmSTW0— CNM (@cnm_mv) June 30, 2019 ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ އަހަރުތަކަށް ބަލާއިރު، 2012 ގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ މިހާރު ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެއަށްފަހު 2013 ވަނަ އަހަރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސެން ވަހީދެވެ. ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2015 ވަނަ އަހަރު އަހްމަދު އަރީފް އެ މަގާމަށް އައްޔަނު ކުރެއްވި އެވެ.
ރައީސް އަބްދުﷲ ޔާމީނު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ހޯމް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވި އުމަރު އެ މަގާމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުގަ އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ އެބަހުރި ކަމަށާއި، އޭނާ ރާއްޖެ ގެނައުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށް ބުނެ އުމަރު އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުންނެވެ.
އެކަމަކު އުމަރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު، ލުތުފީ ރާއްޖެ ނުގެނެވުނު ސަބަބެއް ހިއްސާކޮށްފައެއް ނުވެ އެވެ. ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރުވެސް އެކަމާ ބެހޭ ގޮތުން އުމަރުގެ ބަހެއް ހޯދަން ބައެއް ނޫސްތަކުން ކުރި މަސައްކަތަށް އުމަރު އިޖާބަ ދެއްވާފައެއް ނުވެ އެވެ.
ނޮވެމްބަރު 2015 ގައި އަވަސް ނޫހުން ރިޕޯޓު ކުރި ގޮތުގައި އުމަރު އެ މައްސަލައާ ގުޅިގެން ވިދާޅުވެފައި ވަނީ "އިންޖީނު ނިވާލާފައި" ވާ ކަމަށެވެ.
އޭރު ލުތުފީ ހޯދަން ކުރި މަސައްކަތާ ބެހޭ ގޮތުން ހަނު ހުންނެވުމަށް ފަހު، މިހާރު އުމަރު އެ ވާހަކަތައް ދައްކަވަމުން ދާތީ އުމަރުގެ ނިޔަތާ މެދު ސުވާލު އުފެދެ އެވެ. އަދި "އިންޖީނު ނިވާލާފައި" އޮތް އުޅަނދެއްގައި އަހަރަކަށް ވުރެ ގިނަ ދުވަހު އުމަރު މަޑު ކުރެއްވުމުން ވެސް ސުވާލު އުފެދެ އެވެ.
މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭ ލުތީފީގެ މައްސަލާގައި ލިބުނު ކުރިއެރުމަކީ ކޮބައިތޯ ބަލަން ހޯމް މިނިސްޓަރަށް ގުޅި ނަމަވެސް އެމަނިކުފާނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ފަހަރެއްގައި އެމަނިކުފާނު ވިދާޅުވި ގޮތަށް "އިންޖީނު ނިވާލާފައި" ވަނީ އެވެ.
ލުތުފީ އަކީ ނޮވެމްބަރު 3 1988 ގައި ތަމަޅަ ޓައިގަރުންނާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ދިވެހިންގެ ބަޔަކު ޝާހިދުކޮށްލި ހާދިސާގެ ފަހަތުގައިވާ މޭސްތިރި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ ބޭސް ފަރުވާއަށް އޭނާ ލަންކާ އަށް ދިޔުމަށް ހުއްދަ ދިނީ ޖެނުއަރީ 16 2010 ގައެވެ. ބޭހަށް ފޮނުވުމާއެކު އޭނާ ވަނީ ފިލާފަ އެވެ. އޭރުން ފެށިގެން ލުތުފީ ފިލައިގެން އުޅެމުން އައިސްފައި ވަނީ ލަންކާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ