ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ މިއަދު ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އަހްމަދު ރަޝީދު ސަސްޕެންޑް ކުރި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަހްމަދު ރަޝީދު ސަސްޕެންޑް ކުރި ސަބަބެއް ސާފުކުރަން ޖޭއެސްސީގެ މީޑިއާ އޮފިޝަލް އަށް ގުޅުނި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ޖޭއެސްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކްރިމިނަލް ކޯޓަށް އެންމެ ފަހުން އައްޔަންކުރެއްވި ގާޒީންގެ ތެރޭގައި ހިމެނޭ އަހްމަދު ރަޝީދު އެ މަގާމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
-- ތަފްސީލް އަންނަނީ --
ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ