ރައީސް މައުމޫން ރައީސް ޔާމީނާ ބައްދަލު ކުރައްވައިފި
ރައީސް މައުމޫން ރައީސް ޔާމީނާ ބައްދަލު ކުރައްވައިފިއެވެ.އެހެން ނަމަވެސް މި ބައްދަލު ވުމުގެ މާބޮޑު ތަފްޞީލެއް އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ.މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމާއި ގުޅޭގޮތުން ސަރުކާރުން ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، ސަރުކާރުން ކުރިއަށްގެންދަވާ ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން ކަމަށެވެ.މީގެ އިތުރުން ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.ރައީސް މައުމޫން ރައީސް ޔާމީނާ ބައްދަލު ކުރައްވާފައި މިވަނީ ޢަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް ޢިމްރާން ޢަބްދުﷲ ވެސް އިއްޔެ ރައީސް ޔާމީނާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ