ތ. ވޭމަންޑޫއަށް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓް ދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. 
ވޭމަންޑޫއަށް ކަރަންޓްގެ މައްސަލަ ދިމާވީ އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ ސްޕެއާޕާޓްސް ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދެވަނަ ޖަނަރޭޓަރު ވެސް މިދިޔަ ހުކުރު ދުވަހު ހަލާކުވުމުންނެވެ. 
ފެނަކަ ކޯޕަރޭޝަނުން މިއަދު މީޑިއާ ތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ ހަލާކުވި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް އިއްޔެ ޓެސްޓް ކުރަމުން ދަނިކޮށް ޖަނަރޭޓަރުގެ ވޭލް ބިންދައިގެން ދިއުމުން އެ ޖަނަރޭޓަރު އަލުން މަރާމާތު ކޮށް ޓެސްޓް ކުރަމުންދާ ކަމަށެވެ. 
ފެނަކައިން އިތުރަށް ބުނީ ވޭމަންޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން 400 މެގަ ވޯޓުގެ ޖަނަރޭޓަރެއް ލޯޑުކޮށް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.
ވޭމަންޑޫއަށް މިވަގުތު ކަރަންޓް 180 ވޯޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަމަށްވެސް ފެނަކައިން ވަނީ ބުނެފަ އެވެ.
    
    ވޭމަންޑޫއަށް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓް ދޭނަން: ފެނަކަ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ