ރައީސް މުއިއްޒު ރުޅިއައިސްގެން، ޕީއެސްއެމްގައި ހުރި އެންމެ ހީވާގި، އަދި މުއައްޒަފުންނަށް އެންމެ ރަނގަޅު ކަމަށް ފާހަގަ ކުރެވޭ މެނޭޖަރު މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފިއެވެ. މުސްތަފާއަކީ މީޑިއާ ކައުންސިލްގެ ރައީސްއެވެ. އަދި މުސްތަފާއަކީ ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގައި ނަމޫނާ ދައްކާފައިވާ އަޚުލާގު ރަނގަޅު މަސައްކަތަށް ފަރުވާތެރި ފަރާތެކެވެ. 
ޕީއެސްއެމް ތެރޭގައި އޮންނަ ފުރައްސާރަ ކުރުމާއި، ނެތިމޮށުން މޮށުމާއި، ވެރިން ރުއްސުމަށް އެކަކު އަނެކަކާއިމެދު ކަންކަން ކުރާ ސަގާފަތުން ބޭރުގައި ހުރި މަދު ވެރިންގެ ތެރޭގައި މުސްތަފާ ހިމެނެއެވެ. 
ރައީސް މުއިއްޒު ރުޅިއައިސްފައިވަނީ، ޚަޤީގަތާއި އެއްގޮތަށް ރައީސް މުއިއްޒު އޭނާގެ ދޮންމައްމަ އާއި މެދު ކަންކަން ކޮށްފައި އޮތް ގޮތުގެ ވީޑިޔޯ ޑޮކިޔުމެންޓްރީއަށް ވަނަ ލިބުމާއި، ޕީއެސްއެމްއިން އެ އިވެންޓް ލައިވް ކުރިއިރު އެ ޑޮކިޔުމެންޓްރީގެ ބައެއް މަންޒަރު ގެނެވިފައިވާތީ، އެކަމާއި މުއިއްޒު އިންތިހާއަށް ރުޅިއައިސްގެންނެވެ. އަދި މީޑިޔާ ކައުންސިލްގެ ތިބި ފަރާތްތަކުގެ ތެރެއިން މީޑިޔާ ކައުންސިލްގެ ރައީސް، ކަން ދިމާކުރި ގޮތުން ޕީއެސްއެމްގައި ހުރުމުން އެރުޅިވެރިކަން ބޭލީ މީޑިޔާ ކައުންސިލްގެ ރައީސް މުސްތަފާއަށެވެ. 
މުއިއްޒަކީ ނޫސްވެރިންނާއި މެދު އަނިޔާވެރިކަން ކަން ކުރަމުންދާ ފަރާތެކެވެ. އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލުކޮށްފައި ވަނީ ވެރިކަން ލިބުނު ފަހުން އެންމެ ފަހަރަކުއެވެ. ނޫސްވެރިންނަށް އަނިޔާވެރިވުމުގެ ސިލްސިލާގައި ދިޔަވަރު ނޫސް، މުއިއްޒު ވަނީ ބްލޮކް ކޮށްފައެވެ. އަދި މުސްތަފާއަށާއި، މީޑިޔާ ކައުންސިލަށް ނުފޫޒު ފޯރުވައިގެން މިހާރުވެސް ދަނީ ދިޔަވަރު ނިވްސް ބްލޮކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. 
ރައީސް މުއިއްޒު އޭނާގެ ދޮންމައްމަ އަށް ނުބެހެއްޓި އޯގާތެރިކަމެއް، ނޫސްވެރިއަކަށް، އަމިއްލަ ކެބިނެޓުގެ ވަޒީރަކަށް ވަކި ނުބަހައްޓާނެއެވެ. އަނިޔާވެރިންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގައިވެސް އަނިޔާވެރިންނެވެ. މުއިއްޒުގެ ދޮންމައްމަ އަށް ރާއްޖެ ނާދެވޭ ގޮތް ހަދައި، ޤަވާއިދާއި ޚިލާފަށް ބާރު ފޯރުވައިގެން އޭނާގެ ޕާސްޕޯޓް ބޭން ކުރީ މުއިއްޒު އެވެ. އަދި އޭނާގެ މައްޗަށް ދިމްޔާތުން އޮތް ހައްޤު އޭނާ ދޫކޮށްލީ މުއިއްޒު އޭނާގެ ދޮންމަންމަ ބަލާނެ ކަމަށް ބުނެގެންނެވެ. ނަމަވެސް އޭނާގެ ދޮންމައްމަ މިހާރު ހުރީ ހާލުގައި ލަންކާގައެވެ. މިފަދަ ނުބައި މީހަކު ރައްޔިތުންނަށް ރަހުމެއް އޮންނާނެތޯއެވެ؟ އެ ވަޒީފާއިން ކަނޑާލީ ހަމަ އާއިލާއެއް އޮތް ދިވެއްސެއް ނޫންތޯއެވެ.
    
    މުއިއްޒު ރުޅިއައިސްގެން، ޕީއެސްއެމްގައި ހުރި އެންމެ ހީވާގި، މުއައްޒަފުންނަށް އެންމެ ރަނގަޅު މެނޭޖަރު މުސްތަފާ (މީޑިއާ ކައުންސިލްގެ ރައީސް) ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފި!
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
             
            